ހަބަރު

އަބޫދާބީގެ ތެޔޮ ކުންފުނިން ރާއްޖޭގައި އިންވެސްޓްކުރަން މަޝްވަރާކޮށްފި

Jan 16, 2019
2

އަބޫދާބީގެ މައި ތެޔޮ ކުންފުނި، އަބޫދާބީގެ ނޭޝަނަލް އޮއިލް ކޮމްޕެނީ (އެޑްނޮކް) އިން ރާއްޖޭގައި އިންވެސްޓް ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީއާ އެކު މަޝްވަރާކޮށްފި އެވެ.

އެކަމާ މެދު މަޝްވަރާކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ޔޫއޭއީއަށް ކުރައްވާ ރަސްމީދަތުރުފުޅުގެ ހަވާސާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ އެކު އެ ކުންފުނީގެ އިސްވެރިން ބޭއްވެވި ބައްދަލު ކުރެއްވުމުގަ އެވެ. މިނިސްޓަރު ޝާހިދުގެ އިތުރުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، ހުސެއިން އަމުރު ބައިވެރިވެ ވަޑައިގެންނެވި އެވެ. ޢެޑްނޮކްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ

އެޑްނޮކްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ، އެ ކުންފުނީގެ ޑިސްޓްރިބިއުޝަންގެ އެކްޓިން ޗީފް އެގްޒެކެޓިވް އޮފިސަރު، އިންޖިނިއާ ސައީދު މުބާރަކް އަލް-ރާޝްދީ އެވެ.

އެ ބައްދަލުވުމުގައި ދެ ގައުމު ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރުކުމާއި، އެޑްނޮކްގެ ފަރާތުން ރާއްޖޭގައި އިންވެސްޓް ކުރެވިދާނެ ދާއިރާތަކާގުޅޭގޮތުން މަޝްވަރާތައް ބޭއްވި ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

ޝާހިދާއި އަމުރު ހިމެނޭ ގޮތުން މިއަދު ވަނީ އަދޫދާބީގެ ވަލީ އަހުދުގެ އެޑްވައިޒަރު ޑރ. ޖާބިރު ބިއްތަރްއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. ފޮރިން މިނިސްޓްރީ އިން ބުނީ އެ ބައްދަލުވުމުގައި ވެސް މަޝްވަރާ ކުރީ، ދެ ގައުމު ދެމެދު ގުޅުން އިތުރަށް ހަރުދަނާކުރާނެ ދާއިރާތަކާއި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ކަމަށެވެ.