LIVE UPDATES

ކާމިޔާބު ޕްރައިމަރީއަކުން އެމްޑީޕީގެ މަޖިލިސް ކެންޑިޑޭޓުން ކަށަވަރުވެއްޖެ

އަންނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން ނުކުންނަ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީ ފެށިއްޖެ އެވެ. މިއަދު މެންދުރުފަހު 2:30ގައި ޕްރައިމަރީ ފެށިފައިވާއިރު މިއީ މިހާ ގިނަ ކެންޑިޑޭޓުންނާއެކު ޕާޓީއެއްގެ ޕްރައިމަރީ ބޭއްވީ ފުރަތަމަ ފަހަރެވެ.

ޕްރައިމަރީގައި މުޅި ރާއްޖޭގައި 270 ވޯޓް ފޮށި ބަހައްޓާފައިވެ އެވެ. މި އިންތިހާބުގައި 279 ކެނޑިޑޭޓުން ވާދަ ކުރައްވަ އެވެ. އެކި ދާއިރާތަކުން ޕްރައިމަރީގައި ޖުމްލަ 86،091 މީހަކަށް ވޯޓް ލެވޭނެ އެވެ.

މަޖިލީހުގެ 87 ދާއިރާ އޮންނައިރު، އެއްވެސް ކެނޑިޑޭޓަކު ކުރިމަތިނުލަނީ ނިލަންދޫ ދާއިރާއަށެވެ. އަދި ނުވަ ދާއިރާއަކަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީ އެ ދާއިރާތަކުގައި ޕްރައިމަރީ ބާއްވަން ނުޖެހެ އެވެ. އެ ނުވަ ދާއިރާއަކީ ހޯދަފުށި ދާއިރާ، ބާރަށު ދާއިރާ، ދިއްދޫ ދާއިރާ، މިލަންދޫ ދާއިރާ، އަލިފުށި ދާއިރާ، މަހިބަދޫ ދާއިރާ، ފުވައްމުލައް އުތުރު ދާއިރާ، ގަލޮޅު އުތުރު ދާއިރާ އަދި މާފަންނު އުތުރު ދާއިރާ އެވެ.