ހަބަރު

އެކްސިޑެންޓްތައް މަދުވާނީ ފަރުދީ ޒިންމާ ވެސް އަދާކޮށްގެން: ނަހުލާ

ފަހަކަށް އައިސް ގިނަ އަދަދެއްގެ އެކްސިޑެންޓްތަކެއް ހިނގަމުންދާތީ އެކަމަށް ރައްކާތެރިވެ ފަރުދީ ޒިންމާ އަދާ ކުރުމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ގޮވާލައްވައިފި އެވެ.

ނަހުލާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެކްސިޑެންޓްތައްް މަދުކުރެވޭނީ ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ ނަގައިގެން ކަަމަަށާއި، މަގުމަތީގައި ތިމާގެ ފަރިތަކަމަށްވުރެ އަނެކާގެ ރައްކާތެރިކަމަށް ވިސްނާ، ގަވައިދުތަކަށް ބޯލަނބަން ޖެހޭ ކަމަށެވެ. އަަދި ފަހަކަށް އައިސް އެކްސިޑެންޓްތައް ގިނަ ވުމަކީ ހިތާމަހުރި ކަމެއް ކަމަށާއި، ރައްކާތެރިވެ ފަރުދީ ޒިންމާ އަދާކުރުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފަ އެވެ.

މިނިސްޓަރު ނަހުލާ މިފަދައިން ވިދާޅުވެފައިވާއިރު، މިފަހަކަށް އައިސް މާލޭގައި ވަރަށް ގިނަ އަދަދެއްގެ އެކްސިޑެންޓް ހިނގައި ހިތާމަވެރި ހާދިސާތަކެއް ވަނީ ހިނގާފަ އެވެ.

މިނިސްޓަރު ނަހުލާ ކުރައްވާފައިވާ ޓުވީޓް

މަގުމަތީގެ އެކްސިޑެންޓްތައް ހިނގައި ބައެއް މީހުންގެ ފުރާނަ ގެއްލިފައިވާއިރު، އެކަންކަން ހައްލު ކުރުމަށްޓަކައި ސަރުކާރުން ދަނީ ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ހެލްމެޓް އަޅައިގެން ދުއްވުން މަޖުބޫރު ކުރުވުމާއި، ބްރިޖްއާއި ހައިވޭގައި ސްޕީޑް ކެމެރާ ހަރު ކުރުންފަދަ ކަންކަން ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.