ހަބަރު

ބްރިޖުގެ ބަމްޕަރުތައް ނަގައިފި

ސިނަމާލެ ބްރިޖުގެ ބަމްޕަރުތައް ވަގުތީ ގޮތުން މިއަދު ނަގައިފި އެވެ.

ފުލުހުން ބުނީ ބްރިޖުގައި ހުރި ބަމްޕަރުތައް ނަގާފައިވަނީ ބަހައްޓާފައި ހުރި ގޮތުން ބައެއް ކުދި އެކްސިޑެންޓުތައް ހިނގާތީ ކަމަށެވެ. އެކަން ފުލުހުން ކުރީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށްވެސް ފުލުހުން ބުނެ އެވެ.

ބްރިޖުގައި ކައިރި ކައިރީ ބަމްޕަރުތައް ހަރުކޮށްފައި ހުރި އިރު ބްރިޖުމަތީ އަދި ހައިިވޭގައި ވެސް އެކްސިޑެންޓުތައް ހިނގަ އެވެ. މިދިޔަ މަހުވެސް ބްރިޖު މަތީ ދެ އެކްސިޑެންޓެއް ހިނގި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީ އާއި ފުލުހުން ގުޅގެން މިހާރު ދަނީ ބްރިޖު މަތީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ބްރިޖާއި ހައިވޭ އެކުގައި 77 ކެމެރާއެއް ހަރުކޮށް އަންނަ އަހަރު ބޭނުން ކުރަން ފަށާނެ ކަމަށްވެސް މީގެ ކުރިން ބުނެފައި އެވެ. އެ ކެމެރާ ތަކުން ވެހިކަލްގެ ސްޕީޑްވެސް ޓެސްޓު ކުރެވޭނެ އެވެ.