އެކްސިޑެންޓް

ބްރިޖްގައި ތިން އެކްސިޑެންޓެއް

މާލެ ހުޅުލެ ގުޅުވާލި ސިނަމާލެ ބްރިޖްގައި ރޭގެ ވަގުތެއްގައި ތިން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާ އެކްސިޑެންޓްތަކާއި ގުޅުންހުރި މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުސް އޮފީހުން މިރޭ ބުނީ ރޭ ގެ 10:45 އާއި 12:00 އާ ދެމެދު ސިނަމާލެ ބްރިޖްގައި ތިން އެކްސިޑެންޓެއް ހިނގާފަައިވާ ކަމަށެވެ. އެއް އެކްސިޑެންޓަކީ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެކެވެ. އަނެއް ދެ އެކްސިޑެންޓް ހިނގީ ދެ ކާރު ޖެހިގެންނެވެ.

މި އެކްސިޑެންޓްތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. ނަމަވެސް ވެހިކަލްތަކަށް އެކިވަރުގެ ގެއްލުން ވަނީ ވެފައެވެ.

ފުލުހުން ބުނީ ކްސިޑެންޓްތަކާއި ގުޅުންހުރި މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މާލެ ހުޅުލެ ގުޅުވާލި ސިނަމާލެ ބްރިޖްގައި ރޭގެ ވަގުތެއްގައި ތިން އެކްސިޑެންޓެއް ހިނގާފައިވާއިރު ރެ އަކީ ބްރިޖަށް ވަރަށް ބާރު ބޮޑު ރެއެކެވެ. އައު އަހަރު ފާހަގަކުރުމަށް ހުޅުމާލޭގައި ރޭ އޮތް މިއުޒިކް ޝޯ އާއި ހަވާ އެރުވުން ބަލަން ވަރަށް ގިނަ ބަޔަކު އެ އަވަށް ދިޔައެވެ.