އެކްސިޑެންޓް

ބްރިޖް އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާ

ސިނަމާލެ ބްރިޖްގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަަށް އަނިޔާވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ބްރިޖް ލައިޓް ކައިރިން އެމްޓީސީސީގެ ބަހަކުން ސައިކަލެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގީ މިއަދު 3:14 އެހާކަން ހާއިރެވެ.

އެކްސިޑެންޓްވީއިރު ސައިކަލް ގައި އިނީ 53 އަހަރުގެ އަންހެނެކެވެ. އެ މީހާ ވެއްޓި ވަނީ އަނިޔާވެފައެވެ. ފުލުހުން ބުނި ގޮތުގައި އަންހެން މީހާގެ ފައިން ހަން މަށައިގެން ދިޔައީ އެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން އަންހެން މީހާގެ ފައި ވަނީ ބިންދައިގެން ގޮސްފައެވެ. އެ މީހާއަށް ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.