މަގުމަތީގެ އެކްސިޑެންޓް

ބަހަކާ ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް: ހަތަރު މީހަކަށް އަނިޔާ

ބަހަކާ ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. އެކްސިޑެންޓާއި ގުޅިގެން ހަތަރު މީހަކަަށް ވަނީ އަނިޔާވެފައެވެ. އެކްސިޑެންޓް ހިނގީ ޓްރެކް ސަރަހައްދު ބޭރު މަގުގައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އެކްސިޑެންޓްގެ މަައުލޫމާތު ލިބުނީ 6:09 އެހާކަންހާއިރު ކަމަށެވެ. ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށެެވެ. އެ މީހުންނަށް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

އެކްސިޑެންޓްވި ބަހާއި ކާރަށް ވެސް ވަނީ ބޮޑެތި ގެއްލުން ވެފައެވެ. ކާރު އޮތީ ވަރަަށް ބޮޑަށް ހަލާކުވެފައެވެ. ބަހުގެ ކުރީގެ ބިއްލޫރިތައް ތެޅި ބޮޑެތި ގެއްލުން ވެފައި ހުއްޓެވެ.

އަނިޔާވީ ކާރުގައި ތިބި ހަތަރު މީހުންނަށް ކަމަށް އެނގިފައިވެއެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ސީރިއަސް ޒަހަމުތަކެއް ލިބިފައިވާ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެއެވެ. ކާރަށް ލިބިފައިވާ ގެއްލުންތަކަަށް ބަލާއިރު ކާރުގައި ތިބި މީހުންނަަށްވެސް ބޮޑެތި އަނިޔާތަކެއް ވާނެ ކަމަށް ބެލެވެއެވެ.

ނަމަވެސް އެ މީހުންގެ ހާލަތާއި ގުޅޭ އެއްވެސް މައުލޫމާތެއް އަދި ނުލިބެއެވެ.