ހަބަރު

އެކްސިޑެންޓެއްގެ މަންޒަރު ދުށް ބަޔަކު ހޯދަނީ

ހައިވޭއިން ހުޅުމާލެއަށް އަރަން އޮންނަ ހިސާބުގައި ތެޔޮ ބައުޒަރަކާއި ސައިކަލެއް ޖެހި މިމަހުގެ 15 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓްވި މަންޒަރުދުށް ފަރާތެއް ހުރިތޯ ބަލަން ފުލުހުން އާންމުންގެ އެހީއަށް އެދެފި އެވެ.

ފުލުހުން ބުނީ މިމަހު 15 ވަނަ ދުވަހުގެ 10:20 އެހައިކަންހާއިރު، ހައިވޭއިން ހުޅުމާލެއަށް އަރަން އޮންނަ ހިސާބުގައި ތެޔޮ ބައުޒަރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގެ މައުލޫމާތު އެނގޭ ނުވަތަ މަންޒަރު ދުށް ބަޔަކު ހުރި ނަމަ ފުލުހުންގެ، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ނަންބަރު 9660183 އަށް ގުޅައި އެކަން ހިއްސާކުރުމަށް އެދޭ ކަމަށެވެ.

ހައިވޭގައި ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގައި ވަނީ ސައިކަލް ދުއްވަން އިން އަނަހެނަކަށް އަނިޔާވެފަ އެވެ. ނަމަވެސް ބައުޒަރުގައި އިން މީހާ އަށް އެއްވެސް އަނިޔާއެއްވެފައެއް ނުވެ އެވެ.