ހަބަރު

ބޭސްފަރުވާއަށްފަހު ރައީސް މައުމޫން ރާއްޖެ ވަޑައިގެންފި

ބޭސްފަރުވާއަށްފަހު ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި އެމަނިކުފާނުގެ އަނބިކަަބަލުން، ނަސްރީނާ އިބްރާހިމް ރާއްޖެ ވަޑައިގެންފި އެވެ.

މަހެއްހާ ދުވަހު ރާއްޖެއިން ބޭރުގައި ބޭސްފަރުވާ ކުރެއްވުމަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގެންފައިވަނީ މިރޭގެ ވަގުތެއްގައި އެވެ. އެމަނިކުފާނު ބޭސްފަރުވާއަށް ވަޑައިގެންނެވީ އިންޑިއާގެ، ކޮއިންޕަތޫރަށެވެ.

ރައީސް މައުމޫން މިރޭ ރާއްޖެ ވަޑައިގެންނެވިއިރު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމަނިކުފާނުގެ އެމްއާރްއެމްގެ އިސް ބޭފުޅުންނާއި ސަޕޯޓަރުން އެއާޕޯޓަށް ގޮސް ތިއްބެވެ.

އެމަނިކުފާނު ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުވެސް ބޭސްފަރުވާ އަށް މެލޭޝިއާއަށް ވަޑައިގެންފަ އެވެ. ތިން ހަފްތާވަންދެން އެމަނިކުފާނު މެލޭޝިއާގައި ބޭސްފަރުވާއަށް މަޑުކުރެއްވި އެވެ. އެދަތުރުފުޅުގައިވެސް އެމަނިކުފާނުގެ އަނބިކަަބަލުން، ނަސްރީނާ އިބްރާހިމް އަރިހުގައި ވަޑައިގެންނެވި އެވެ.