އަބްދުއްރަހީމް އަބްދުﷲ

ގާނޫނުއަސާސީއިން މަޖިލީހަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކުރާނަން: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: މަޖިލިސް
0%
0%
0%

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އިން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްވައިފި އެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ ތަސްދީގުކުރިތާ 16 އަހަރުފުރުމާއި ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ގާނޫނުއަސާސީ އިން މަޖިލީހަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރާނެ ކަމަށެވެ.

"ގާނޫނުއަސާސީން އަޅުގަނޑުމެންނަށް ލިބިދީފައިވާ ހައްގުތައް ކަށަވަރުކޮށް ދިނުމުގައި އަދި ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކޮށް މުއައްސަސާތައް ޖަވާބުދާރީކުރުވާ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު މި މަޖިލީހުން އަދާކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ރައްޔިތުންގެ ހާއްސަ މަޖިލީހުން ފެށީ 2004 ވަނަ އަހަރު އެވެ. ރައްޔިތުންގެ ހާއްސަ މަޖިލީހުން އެ މަސައްކަތް ނިންމުމުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ގާނޫނުއަސާސީ ތަސްދީގުކުރެއްވީ އޮގަސްޓް 7، 2008 ގަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަބްދުއްރަހީމް ވަނީ ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރުންނާއި އެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށް ޝުކުރު އަދާކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910