ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ރައީސަކަށް އަދުރޭ

ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ
0%
0%
0%

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ހޮވައިފި އެވެ.

މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް އިންތިހާބުކޮށްފައިވަނީ މިއަދު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ކުރިއަށްދިޔަ ސިއްރު ވޯޓުގަ އެވެ.

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދެވެ.

މަޖިލީހުގެ ރައީސްގެ މަގާމަށް ނަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމުން މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްރަހީމްގެ ނަން ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު އެވެ.

މި ހުށަހެޅުމަށް ތާއީދުކުރެއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އެވެ.

މަޖިލީހުގެ ރައީސް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ނާޒިލްގެ ނަން ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އެވެ.

ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލް

މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމް އެވެ.

މަޖިލީހުގެ ރައީސް އިންތިހާބުކުރުމުގެ ސިއްރު ވޯޓުގައި އަބްދުއްރަހީމް އަށް 71 ވޯޓު ލިބިވަޑައިގެންނެވިއިރު ނާޒިލް އަށް ލިބިވަޑައިގަތީ 14 ވޯޓެވެ. ހަތް ވޯޓެއް ވަނީ ބާތިލު ވޯޓުގެ ގޮތުގައި ކަނޑައަޅާފަ އެވެ.

މަޖިލީހުގެ ރައީސް ހޮވުމަށް ބޭއްވި ސިއްރު ވޯޓުގެ ގުނުމުގެ މަސައްކަތް ކުރީ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.

މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމްދީދީ އާއި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުއްގަފޫރު މޫސާ އާއި މާމިގިލި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު ގާސިމް އިބްރާހީމް އާއި މާފަންނު އުތުރު ދާއިރާގެ އެމްއެންޕީ މެންބަރު މުހައްމަދު ނާޒިމް އަދި ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް އެވެ.

މިއަދުގެ ޖަލްސާގައި ނެގި ސިއްރު ވޯޓު ގުނަނީ

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރެއްވުމާ ހަމައަށް އަބްދުއްރަހީމް ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގަ އެވެ.

އަބްދުއްރަހީމް ވަނީ މީގެ ކުރިން ދެ ދައުރެއްގައި ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910