ވިޔަފާރި

ލަންކާގެ ބްރައުން ގްރޫޕުން ނަސަންދުރަ ޕެލަސް ހޮޓެލް ތަރައްގީ ކުރަނީ

Jun 30, 2015

ސްރީލަންކާގެ ބްރައުން ގްރޫޕުން ރާއްޖޭގެ ނަސަންދުރަ ޕެލަސް ހޮޓެލް ތަރައްގީ ކުރަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ގެލެކްސީ އެންޓަޕްރައިސަސް އިން ހިންގަމުން ގެންދާ، ނަސަންދުރަ ޕެލަސް ހޮޓެލް މެނޭޖުކޮށް ބެލެހެއްޓުމުގެ ގޮތުން އެ ކުންފުންޏާއެކު ބްރައުން ހޮޓެލް އެންޑް ރިސޯޓާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ރާއްޖޭގައި ހުރި އެންމެ ޒަމާންވީ އެއް ހޮޓާ ކަމަށްވާ ނަސަންދުރަ ތަރައްގީ ކުރުމަށް ބްރައުން ގްރޫޕުން 9.5 މިލިއަންއަށް ވުރެ ގިނަ ޑޮލަރު އިންވެސްޓްކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ބްރައުން ގްރޫޕުގެ ސީއީއޯ ތިލަކް ސެލްވިއާ ވިދާޅުވީ 34 އަހަރުވެފައިވާ ނަސަންދުރަ ޕެލަސް ހޮޓެލް ހުރިތަނުގައި އާ ހޮޓެލެއް އެޅުމުގެ ގޮތުން އެތަން ތަޅާލުމުގެ މަސައްކަތް ފަށާފައިވާއިރު، މި ހޮޓާ އަޅަނީ ހަތަރު ތަރީގެ ހޮޓެލެއްގެ ގޮތުގައި ކަމަށެވެ. އަދި މި ހޮޓަލުގައި 150 ކޮޓަރި އާއި 100 އެޕާޓްމަންޓް ހުންނާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ބްރައުން ގްރޫޕުން ނަސަންދުރަ ޕެލަސް ހޮޓެލްގެ އިތުރުން ރ. ބޮޑުފަރު ފިނޮޅު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.