ހަބަރު

އިމާރާތް ކުރުމުގެ ގަވާއިދުތައް ހަދަން ބޮޑު ބައްދަލުވުމެއް ފަށައިފި

Jan 30, 2019

ރާއްޖޭގެ އިމާރާތު އިމާރާތް ކުރުމުގެ ދާއިރާ އަށް ބޭނުންވާ ގަވާއިދުތައް ހަދަން ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ބޮޑު ބައްދަލުވުމެއް ފަށައިފި އެވެ.

ހައުސިން މިނިސްޓްރީ އާއި އިމާރާތް ކުރުމުގެ ދާއިރާގެ ގިނަ ފަރާތްތައް ގުޅިގެން މި ބައްދަލުވުން ކުރިއަށް ގެންދަނީ ސްޓެލޯގަ އެވެ. ބައްދަލުވުން ފައްޓަވައި ދެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.

މި ބައްދަލުވުގެ ބޭނުމަކީ ކޯޓުން ކޮށްފައިވާ އަމުރާ އެއްގޮށް ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއަށް ކޮންމެހެން ބޭނުންވާގެ ގަވާއިދުތައް ހެދުމެވެ. މިގޮތުން މި ބައްދަލުވުމުގައި ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާ މޯލްޑިވްސް ނޭޝަނަލް ކޮންސްޓްރަކްޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްއެންއޭސީއައި) އާއި އާކިޓެކްޓުންނާއި އިންޖިނޭރުންގެ ޖަމިއްޔާ އިން ވެސް ކަރުދާސްތައް ހުށަހަޅާނެ އެވެ. މި ގޮތުން މީގެ ކުރިންވެސް ވަނީ މިފަދަ ބައްދަލުވުމެއް ބާއްވާފަ އެވެ.

މި ބައްދަލުވުމުގައި ބައިވެރި ވަޑައިގަންނަވާ، އެމްއެންއޭސީއެ ނައިބު ރައީސް އަދުނާން ހަލީމް ވިދާޅުވީ އެ ޖަމިއްޔާގެ މެންބަރުން މިމަހުގެ 25 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ތައްޔާރުކުރި ކަރުދާސްތައް މިއަދުގެ ބައްދަލުވުމަށް ހުށަހަޅުއްވާނެ ކަމަށެވެ.

އިމާރާތް ކުރުމުގެ ދާއިރާ އަށް ކޮންމެހެން ބޭނުންވާ ގަވާދުތައް ހަދަން ސަރުކާރަށް މަޖުބޫރުވި މައިގަނޑު އެއް ސަބަބަކީ މި މަހުގެ ކުރީކޮޅު ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝަންގެ ރައްޔިތެއްގެ ކުޑަ ކުއްޖަކު މަރުވުމާއި ގުޅިގެންނެވެ. އެ މައްސަލަ ފެންމަތިވުމާއެކު، ސިވިލް ކޯޓުން ވަނީ އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ވަކި މުއްދަތެއްގެ ތެރޭގައި ހަދަން އަމުރުކޮށްފަ އެވެ. މި އަމުރާއި އެއްގޮތަށް 13 ގަވާއިދެއް އިމާރާތް ކުރުމުގެ ދާއިރާއަށް ހަދަން ޖެހެ އެވެ.