މުހައްމަދު އަލީ ޖަނާހް

ކޮންޓެކްޓަރުންގެ ބޮޑު ކޮންފަރެންސްގައި ޖަނާހު ވާހަކަ ދައްކަވަނީ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހު -- ފޮޓޯ: އަވަސް
0%
0%
0%

ކޮންޓްރެކްޓަރުންގެ އެންމެ ބޮޑު ކޮންފަރެންސް، "ގްލޯބަލް އިންފްރާސްޓްރަކްޗާ ކޮންފަރެންސް"ގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހުއަށް ލިބިވަޑަގެންފި އެވެ.

މި ކޮންފަރެންސް އޮންނާނީ ސިންގަޕޫރުގައި ސެޕްޓެމްބަރު މަހުގެ 10 އިން 12 އަށެވެ.

ދަ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ކޮންސަލްޓިން އިންޖިނިއާސް އިން އިންތިޒާމުކުރާ މި ކޮންފަރެންސްގައި 100އަށްވުރެ ގިނަ ގައުމުން 40،000 އަށްވުރެ ގިނަ ކުންފުނި ބައިވެރިވާނެ އެވެ.

މި ކޮންފަރެންސްގައި ބައިވެރިވާ ކުންފުނިތަކުން މިލިއަނަކަށްވުރެ ގިނަ މަސައްކަތްތެރިން ތަމްސީލުކުރާނެ އެވެ.

ޖަނާހު ވަނީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސެފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަންގެ ރައީސްކަންވެސް ކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345