އިމާރާތް ކުރުން

އިމާރާތް ކުރުމުގެ ސިނާއަތު ހަލާކުވުމުގެ ބިރު ހީވެއްޖެ

އެމްއެންއޭސީއައި އިން މިއަދު މެންބަރުންނާ ބައްދަލު ކުރަނީ
66.7%
0%
33.3%

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތް ހަލާކުވެ ދިއުމުގެ ބިރު ވަރަށް ބޮޑަށް މިހާރު އެބައޮތް ކަމަށް، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ބުނެފި އެވެ.

ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮން ޖެހުންތައް ހައްލު ކުރަން ކުރެވިދާނެ މަސައްކަތްތަކާބެހޭ ގޮތުން، އެމްއެންއޭސީއައިގެ އާއްމު މެންބަރުނާއެެކު މިއަދު ބޭއްވި ބައްދަލުވުމުގައި އާރްސީސީގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ ބޭންކްތަކުން ދީފައިވާ "މޮރިޓޯރިއަމް" ގެ މުއްދަތު ހަމަވުމާއެކު އިތުރު ގޮތްތަކެއް ހަމަ ނުޖެއްސިނަމަ އިމާރާތް ކުރުމުގެ ސިނާއަތު އެއްކޮށް ހަލާކު ވެގެން ހިންގައިދާނެ ކަމަށެވެ.

"ކުރިއަށް އޮތް ތިން މަސް ތެރޭ ގޮތްތަކެއް ހަމަ ނުޖެއްސިއްޖެނަމަ އަޅުގަނޑުމެންގެ އެ ސިނާއަތުގެ ބޮޑު ބައެއް ނިކަމެތި ވެގެން ހިނގައިދާނެ،" އެމްއެންއޭސީއައިގެ ބޯޑު މެންބަރުކަން ވެސް ކުރައްވާ، ނާޒިމް ވިދާޅުވި އެވެ.

އިމާރާތް ކުރުމުގެ ސިނާއަތުގެ 300 އެއްހާ ކުންފުނި ތަމްސީލް ކުރާ ފަރާތްތަކާއެކު ކޮންޓްރެކްޓަރުންނާއި ކޮންސްޓްރަކްޝަން ސިނާއަތަށް ދިމާވެފައިވާ މައްސަލަތަކާބެހޭ ގޮތުން ރައްޔިތުން މަޖިލީހަށް އިއްޔެ ޕްރެސެންޓޭޝަނެއް ވެސް ވަނީ ދީފަ އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އިމާރާތް ކުރުމުގެ ސިނާއަތަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން މަސައްކަތް ކުރަން ޖެހިފައި ވެއެވެ. އެ ޖަމިއްޔާގެ މެންބަރުން ވަނީ މި މައްސަލާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރުމަށް ވެސް ނިންމާފަ އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދަމާސް ކުންފުނީގެ ވެރިޔާ، އަބްދުﷲ ސޯލިހު ވިދާޅުވި ގޮތުގައި އެމެރިކާ ޑޮލަރު ރޭޓަށް އައި ބަދަލާއެކު ކޮންޓްރެކްޓްތަކުން އިތުރުވާ އަދަދު ހޯދަން ވެސް މަސައްކަތް ތަކެއް ކުރަން ޖެހެ އެވެ. އަދި ސަރުކާރަށް ކުޑަ އަގުގައި ލޯނު ލިބޭއިރު، އެ ލޯނުގެ ފައިދާ އިމާރާތް ކުރުމުގެ ސިނާއަތަށް ފޯރާނެ ގޮތެއް ހަމަ ޖެއްސުން މުހިންމެވެ.

އެމްއެންއޭސީއައި އިން މަޖިލީހުގެ މެންބަރުންނާ ބައްދަލު ކުރަނީ

"ސަރުކާރާއެކު މަޝްވަރާ ކުރާ ގޮތް ވެސް ބަދަލު ކުރަން އަޅުގަނޑަށް ފެނޭ،" ސޯލިހު ވިދާޅުވި އެވެ.

އެމްއެންއޭސީއައި އިން ވަނީ މިހާރުގެ މައްސަލަތައް ހައްލު ކުރަން ސަރުކާރާ މަޝްވަރާ ކުރަން އާއްމު މެންބަރުން ހިމެނޭ ގޮތަށް ކޮމެޓީއެއް ވެސް ނަގާފަ އެވެ. ކޮމެޓީގެ ކޯޗެއާއަކީ އަބްދުﷲ ސޯލިހާއި ނާޒިމެވެ. މީގެ އިތުރުން ހިމެނެނީ ހަސަން ޝަމީމާއި މުހައްމަދު މިގުދާދުގެ އަދި އަހުމަދު ޝަރީފެވެ.

މި ކޮމެޓީން ރިޕޯޓެއް ތައްޔާރުކޮށް އެ ޖަމިއްޔާގެ ރައީސް މުހައްމަދު އަލީ ޖަނާހަށް ހުށަހަޅާނެ އެވެ. އަދި އެ ރިޕޯޓުގައި ހިމެނޭ ކަންކަންތައްތަކުގެ ތެރެއިން އިސްކަން ދޭ ތަރުތީބު ކަނޑައަޅަން ސަރުކާރާ މަޝްވަރާ ކުރަން އެ ޖަމިއްޔާގެ ރައީސަށް މަޝްވަރާ އަރުވާނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހަމްނ

ކޮވިޑު 19އިގެ ކަންތަކަކީ ސިޔާސީދާއިރާގައިހިނގާ ކުޅިގަނޑަކަށްވެއްޖެކަން ސާބިތުވާވަތަށް ކަންތައް އެބަފެނެއެވެ. ވެންޓިލޭޓަރުގެމައްސަލަ އެކަންޏެއްނޫނެވެ. އެކިއެކިދާއިރާގައި އިސްކޮށްޙަރަކާތްތެރިވާ އެކިފަރާތްފަރާތުން ބައިވަރު ކަންތައް ފެންނަމުންދާކަމުގެ ވާހަކައަކީ އިވެމުންދާ ވާހަކަތަކެކެވެ. އަދި ކޮނުނުކޮނުހެން ފަސްގިނަވާނެކަމަކީ ޝައްކެއްއުފެދޭ ކަމެއްވެސްނޫނެވެ. މިކަން ހާމަވަމުންދަނީ މިރާއްޖޭގައި އެކަންޏެއްނޫނެވެ. ޑަބުލިޔޫ އެޗު އޯ އިންފެށިގެން މިކަމުގައި ގަޑުބަޑުހިމެނޭކަމުގެވާހަކަ އެބަދެކެވެއެވެ. އެކިތަންތަން ފެންނަމުންއެބަދެއެވެ. ކުދިދައުލަތްތައް ދަރާވިކިދާނެކަމުގެބިރަކީ ފެންނަމުންއަންނތަނެކެވެ. މިރާއްޖެއަށް ވިސްނައިލިނަމަވެސް އަބަދުއިވެނީ ލޯނުއެހީދޭވާހަކައާއި ލޯނާއި އެހީ ލިބޭވާހަކައެވެ. ދައްކަންޖެހޭނީ ހަމަގައިމުވެސް ނަގާފަރާތްތަކެއްނޫނެވެ. ރައްޔިތުންނެވެ. މިދާދިއުމުން ގެއްލޭނީ ކޯޗެއްކަން ބުނާކަށްނޭނގޭނެއެވެ. އެނގޭއެއްޗަކީ ދަރަންޏެއް ނަގައިފިނަމަ އަނބުރާދައްކަަން ޖެހޭނެކަމެވެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345