މަސީ

ޖިއާންގެ ހަދާނުގައި އެވޯޑެއް ދެނީ

ނަލަހިޔާ މަތިން ސިމެންތި ބަސްތާ ވެއްޓި މަރުވި ރައުޝަން ޖިއާން: ޖިއާންގެ ނަމުގައި ހާއްސަ އެވޯޑެއް މަސީން ދޭނެ
100%
0%
0%

ސަލާމަތާއި ރައްކާތެރިކަން ފުރިހަމަ ކޮށްފައިވާ ކޮންސްޓްރަކްޝަން ކުންފުނިތަކަށް "ރައުޝަން ޖިއާން" ގެ ނަމުގައި ހާއްސަ އެވޯޑެއް ދޭން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ނިންމައިފި އެވެ.

ރައުޝަން ޖިއާންއަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި މ. ނަލަހިޔާމަންޒިލް މަތިން ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓިގެން މަރުވި ބަންގްލަދޭޝްގެ އުމުރުން ނުވަ އަހަރުގެ ކުއްޖެކެވެ.

މަސީގެ ސެކްރެޓަރީ ޖެނަރަލް އަދުނާން ހަލީމް ވިދާޅުވީ މި އެވޯޑް ޖިއާންއަށް ހާސަކުރީ، އެ ހަދިސާގެ ހަދާން އާކޮށް އިބުރަތް ލިބިގަތުމަށް ކަމަށާއި މިއީ އިމާރާތްކުރާ ސައިޓްތަކުގައި ކުންފުނިތަކުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އެކަން ކަމަށް އިސްކަން ދޭން ބާރުއެޅުމަށްދޭ އެވޯޑެއް ކަމަށެވެ.

މި އެވޯޑަކީ ކުރިން ވެސް ދޭން ނިންމާފައިވާ އެވޯޑެކެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން މިއަހަރު އެކަން ނުކުރެވުނީ އެވެ. މި އަންނަ އަހަރު އެ އެވޯޑް ދޭން ފަށާނެ އެވެ.

"އެވޯޑް ދިނުމުގެ މަގްސަދަކީ ހޭލުންތެރިކަން އިތުރުކޮށް ސަލާމަތާއި ރައްކާތެރިކަން ހިފަހައްޓާ އެންމެ ރަނގަޅު ކުންފުނިތަކަކީ ކޮބައިތޯ ބެލުން. މިފަދަ އިނާމަކާއި ހަމައަށް ދަތުރު ކުރެވޭ ކުންފުނިތަކެއް ހޮވާލެވިއްޖެނަމަ ކޮންމެ ކުންފުންޏަކުން ވެސް ވަކި ސްޓޭންޑަޑްތަކެއް ހިފަހައްޓައިގެން މަސައްކަތް ކުރާނެ،" އަދްނާން ވިދާޅުވި އެވެ.

އެވޯޑް ދޭއިރު ކުންފުނީގެ އުސޫލުތަކުގެ ތެރޭގައި ސަލާމަތާއި ރައްކާތެރިކަން ހުންނަ މިންވަރާއި، ކުންފުނީގެ މުވައްޒަފުންނަށް ސަލާމަތާއި ރައްކާތެރިކަން އުނގަންނައިދިނުމަށް ކުރާ މަސައްކަތްފަދަ ކަންކަމަށް ބަލާނެ ކަމަށް ވެސް އޭނ ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345