އިމާރާތް ކުރުން

އިމާރާތް ކުރުމުގެ ދާއިރާއަށް ބޮޑުކުރިއެރުމެއް

ހުޅުމާލޭގައި ސްކޫލެއް އިމާރާތްކުރަނީ. އިމާރާތް ކުރުމުގެ ދާއިރާ ކުރި އަރާފައިވާ ކަމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ވަނީ ބުނެފަ---ފޮޓޯ: އަވަސް
0%
0%
0%

އިމާރާތް ކުރުމުގެ ދާއިރާ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ކުރި އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައިވާ ގޮތުން 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ވުރެ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަން ވަނީ 32.5 އިންސައްތަ ކުރި އަރާފަ އެވެ.

އިމާރާތް ކުރުމުގެ ދާއިރާ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރަށްވުރެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ ނުވައެއް އިންސައްތަ އިތުރުވެފަ އެވެ.

ފިނޭންސް މިނިސްޓްރީގެ ބަޖެޓުގައި ބުނެފައިވަނީ އިމާރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަން ބިނާވަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ މަޝްރޫއުތަކަށް ކަމަށެވެ.

ރާއްޖެއަކީ އިމާރާތްކުރުމަށް ބޭނުންވާ ތަކެތި އިމްޕޯޓުކުރާ ގައުމަކަށްވާއިރު މި ސިނާއަތުގެ އުފެއްފުންތެރިކަން ހިސާބުކުުރުމަށް ބެލޭ މައިގަނޑު އެއް މިންގަނޑަކީ އިމާރާތް ކުރަން އާންމުކޮށް ބޭނުންކުރާ ތަކެތީގެ ތެރެއިން ލަކުޑި، ދަގަނޑު އަދި ސިމެންތި ރާއްޖެއަށް އެތެރެ ކުރާ މިންވަރު ކަމަށް ބަޖެޓުގައި ފާހަގަކޮށްފައިވެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާ ބާރު ދުވެއްޔެއްގައި ކުރިއަރަމުން އައި ނަމަވެސް 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު އެ ދާއިރާގެ އުފެއްދުންތެރިކަން ދަށްވެފައިވާ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

މުޅި ދުނިޔެއަށް ކުރިމަތިވި އެ ބަލިމަޑުކަމުގެ ސަބަބުން ދާއިރާގެ އުފެއްދުންތެރިކަން ދަށްވި ކަމަށާއި ބައިނަލްއަގްވާމީ ސަޕްލައި-ޗެއިނަށް ގޮންޖެހުން ކުރިމަތިވި ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345