ވިޔަފާރި

އެލައިޑްގެ އެމްޑީއަކަށް ޝަފާޒް

Jan 30, 2019

އިންޝުއަރެންސް ކުންފުނި، އެލައިޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަފާޒް މުހައްމަދު ހަމަޖައްސައިފި އެވެ. އެލައިޑްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ޝަފާޒް މީގެކުރިން ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ އެމްޑީގެ މަގާމުގަ އެވެ. އެމްޑީގެ މަގާމަށް މިއަދު ޝަފާޒް އައްޔަން ކުރިއިރު މިއަދަކީ އެ ކުންފުނީގެ 34 ވަނަ އަހަރީ ދުވަހެވެ.

އެލައިޑްގެ އެމްޑީގެ މަގާމުގައި މީގެކުރިން ހުންނެވީ އަހުމަދު އަމީލެވެ. އޭނާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން އިސްތިއުފާގެ ނޯޓިސް ފޮނުވާފަ އެވެ. އޭނާ އެ މަގާމު އަދާ ކުރައްވާތާ ފަސް އަހަރުވެފައިވާއިރު އެލައިޑްގައި ހިދުމަތް ކުރައްވާތާ 24 އަހަރު ވެއްޖެ އެވެ.

އަލަށް އައްޔަން ކުރެއްވި އެމްޑީއަކީ ވެސް އެލައިޑްގައި 24 އަހަރަށްވުރެ ގިނަ އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެ މަގާމު އައްޔަން ކޮށްފައިވަނީ އެސްޓީއޯގެ ބޯޑުންނެވެ.