މިނިސްޓްރީ އޮފް އެޑިއުކޭޝަން

އެމްކިޔުއޭގެ މިންގަނޑާ ހިލާފަށް ކޯސްތައް ނުހިންގަން އަންގައިފި

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)އިން ތައުލީމީ ޕްރޮގްރާމްތައް ހިންގުމުގައި ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ބޭރުން އެފަދަ ޕްރޮގްރާމްތަށް ނުހިންގަން އެ އޮތޯރިޓީން އިލްތިމާސް ކޮށްފި އެވެ.

އެމްކިޔުއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެކަޑަމިކް ޕްރްގާރަމްތަށް ހިންގުމަށް ހުއްދަ ދޫކުރަނީ، ޕްރޮގްރާމް ހިންގާ ފަރާތުން ޕްރޮގްރާމްގެ ޑޮކިއުމެންޓް އެއޮތޯރިޓީ އަށް ހުށަހެޅުމުން، އެއޮތޯރިޓީއިން ބެލުމަށްފަހު ހުއްދަ ދޫކުރާ މިންގަނޑަށް ފެތޭ ކަމަށްވާނަމަ އެވެ. އަދި ހުއްދަ ދިނުމަށްފަހު އެ ކޯސްތަށް ހިންގަނީ ހުއްދަށްދީފައިވާ ފެންވަރަކަށްތޯ ބެލުމަކީ ވެސް އެއޮތޯރޮޓީގެ ޒިންމާއެއް ކަމަށްވެސް ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި އިތުރަށް ބުނީ، ބައެއް މަތީތައުލީމު ފޯރުކޮށްދޭ ޔުނިވާސިޓީތަކުން އެއޮތޯރިޓީއިން ހުއްދަ ދީފައިވާ ގޮތާ ހިލާފަށް ޕްރްގްރާމްތައް ރާވާ، ހިންގާ އަދި އިސްތިހާރު ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެއެއޮތޯރިޓީ ހުއްދަ ދޭ މިންގަނޑުތަކާ ހިލާފަށް ޕްރްގާރަމްތައް ހިންގާނަމަ، އެތަނަކަށް ދީފައިވާ ހުއްދަ ބާތިލްކުރުންވެސް ޖެހިދާނެކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ބަޔާނުގައި ބުނީ މިފަދަ ގޮތަކަށް އަމަލުކުރަން ޖެހެނީ ތައުލީމީ ޕްރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމުގެ އިތުރުންނާއި ދަރިވަރުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކަމަށެވެ.