ވިޔަފާރި

ދެވަނަ މާކެޓާސް ފޯރަމް މާޗް މަހު

މާކެޓް ކުރުމުގެ ގިނަ ހުނަރުތައް ކިޔައިދޭން ބާއްވާ މޯލްޑިވްސް މާކެޓާސްގެ ދެވަނަ ފޯރަމް އަންނަ މާޗްމަހު ބާއްވަން ނިންމައިފި އެވެ.

މާކެޓާސް ފޯރަމް އިންތިޒާމުކުރާ ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީ (ސީއެމްއޭ) އިން ބުނީ މާކެޓާސް ފޯރަމް އޮންނާނީ މާޗް ދެވަނަ ދުވަހު ކަމަށެވެ.

ސީއެމްއޭ އިން އެންމެ ފަހުން ބޭއްވި މާކެޓާސް ފޯރަމްގައި 200 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ.

މި ފޯރަމް މިދިޔަ އަހަރު ބާއްވާފައިވަނީ ތިން ބަޔަކަށް ބަލާލައިގެނެވެ. މި ފޯރަމްގައި ތަޖުރިބާކާރުންގެ ތަޖުރިބާ ހިއްސާ ކުރުން އޮވެ އެވެ. މި ފޯރަމް ބަހާލާފައި ވަނީ މާކެޓް ކުރުމުގެ އުސޫލުތަކާއި ޓެކްނޮލޮޖީ އަދި ސައިކޮލޮޖީ ފަދަ ބައިތަކަށެވެ.