މާރާމާރީ ހިންގުން

ގއ. ވިލިނގިލީގައި ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

Feb 10, 2019
1

ގއ. ވިލިނގިލީގައި މިރޭ ބަޔަކު ހިންގި މާރާމާރީއެއްގެ ތެރެއިން މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެ ރަށުގައި މިރޭ 11:22 ގައި ހިންގި އެ މާރާމާރީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމަށާއި ހަމަލާއިން ޒަހަމްވެފައި ވަނީ 28 އަހަރުގެ މީހެއް ކަމަށެވެ.

އެ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އަދި ބުނީ ޒަހަމްވި އެމީހާއަށް ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން އައި ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.