އެޑްވަޓޯރިއަލް

އިންޑޯމީ ނޫޑްލްސް: ހުރިހާ ވަގުތަކަށް ފައްކާ!

Feb 18, 2019

ނޫޑްލްސް އަކީ ދިވެހިންގެ ކެއުމާ ވަރަށް ގާތް އެއްޗެކެވެ. މެންދުރު ކެއުމަށް ފަހު ރޭގަނޑުގެ ކެއުމަށް ވެސް ނޫޑްލްސް ތައްޔާރު ކޮށްލާކަށް ފަހެއް ނުޖެހޭނެ އެވެ. ކައްކާލަން ފަސޭހަ ވެފައި އިރުކޮޅެއް ތެރޭ ކެއުން ފުރިހަމަ ވާއިރު މިއީ ގިނަ ބައަކަށް އެންމެ ކަމުދާ ކެއުމެވެ. ދަތުރު ދިއުމާއި ރައްޓެހިންނާއެކު އެއްވެ މަޖާ ކޮށްލާ ވަގުތުތަކަށް ނޫޑްލްސް ހާއްސަ އެވެ. އަދި ތަރުކާރީ އަޅައި ފްރައި ކޮށްގެންނާއި ސޫޕް ކައްކައިގެން މި ކެއުން ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލެވެ.

ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ އެންމެ ޒަމާންވީ ނޫޑްލްސް އުފައްދާ ކުންފުނީގެ "އިންޑޯމީ ނޫޑްލްސް" ކޮންމެ ވަގުތަކަށް ވެސް ފުރިހަމަ އެވެ. މިއީ ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އިތުރުން ޔޫރަޕްގެ ގިނަ ގައުމުތަކެއްގައި ބޭނުންކުރާ އެންމެ މަޝްހޫރު ނޫޑްލްސް އެވެ.

"އިންޑޯމީ ނޫޑްލްސް" ޕެކެޓް ބަންދުކޮށްފައި ވަނީ ބަންދު ކުރާ ފުޑްގްރޭޑްގެ ޕެކިންގެ އެންމެ މަތީ ފެންވަރުގަ އެވެ. އަދި މި ނޫޑްލްސްގައި އެއްވެސް ޕްރިސާވެޓިވް އެއް އެކުލެވިގެން ނުވެ އެވެ. ނޫޑްލްސް ގަތުމުގައި މި ނުކުތާއަށް ވިސްނާލުން މުހިއްމެވެ.

މި ނޫޑްލްސް ޕެކެޓް ރާއްޖޭގެ ބާޒާރުން ލިބެން ހުންނަ އިރު، ރާއްޖޭގައި ވިއްކަނީ ދިވެހި ރަހަތަކަށް ކަމުދާ ކަރީ ޗިކަން އާއި ސްޕެޝަލް ޗިކަން އެވެ.

ލިލީ އިންޓަނޭޝަނަލް އިން މިހާރު ވަނީ މި ނޫޑްލްސްގެ ޕްރޮމޯޝަންއެއް ފަށާފަ އެވެ. މިއަދުން ފެށިގެން ދެ މަހުގެ މުއްދަތަށް ކުރިޔަށްދާ މި ޕްރޮމޯޝަންގައި "އިންޑޯމީ ނޫޑްލްސް" ގެ ހަތަރު ޕެކެޓް ގަތުމުން އެއް ޕެކެޓުް ހިލޭ ލިބެ އެވެ. އަދި ޕްރޮމޯޝަންގެ ދަށުން 20 ޕަސެންޓްގެ ސޭވިންގް އެއް ލިބޭނެ ކަމަށް ލިލީ އިންޓަނޭޝަނަލް އިން ބުނެ އެވެ.