ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އެންމެ މުހިންމު އެއް ބައިވެރިޔަކީ ހަމަ ޔަގީނުން ވެސް ވިލާ ސިމެންތި އެވެ. އެކަން ޔަގީންވެގެން ދަނީ ބާރު ސްޕީޑުގައި ކުރިއަރަމުން އަންނަ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އިތުބާރާއި ޔަގީންކަމާއި އެކު ވިލާ ސިމެންތި މާކެޓް ލީޑް ކުރަމުން އަންނާތީ އެވެ.
އޭގެ އިތުރުން ވިލާ ސިމެންތިން ވަނީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ ވަރަށް މުހިންމު ރޯލެއް އަދާކޮށްދީފަ އެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ކަމަކީ މާލޭ ސިޓީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަދި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖް ޕްރޮޖެކްޓަށް އެ ކުންފުނީގެ ސިމެންތި ބޭނުންކޮށްފައިވެ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ 3,400 މީޓަރުގެ ބިޔަ ކޯޑް އެފް ރަންވޭގެ މަސައްކަތަށް ވެސް ވިލާ ސިމެންތި ބޭނުންކޮށްފައި ވެއެވެ.
ވިލާ ސިމެންތިން ވަނީ ވެލާނާ އެއާޕޯޓްގެ އިތުރު ބޮޑެތި މަސައްކަތްތަކަށް ވެސް ސިމެންތި ފޯރުކޮށްދީފަ އެވެ. އެގޮތުން ކާގޯ އާއި ޕެސެންޖާ ޓާމިނަލް އާއި ސީޕްލޭން ޓާމިނަލް ޕްރޮޖެކްޓް ފާހަގަ ކޮށްލެވެ އެވެ.
އެ ދެ ޕްރޮޖެކްޓަކީ މިހާތަނަށް ރާއްޖޭގައި ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ ދެ ޕްރޮޖެކްޓެވެ. އެހެންކަމުން އެ ވަރުގެ ބިޔަ ޕްރޮޖެކްޓްތަކަށް ވިލާ ސިމެންތި ސަޕްލައި ކޮށްދެމުން އަދި ލޯކަލް ބާޒާރުގައި ވެސް ދަތިކަމެއް ނެތި ސިމެންތި ވިއްކާފައި ވުމުން ވިލާ ސިމެންތީގެ ސަޕްލައި އާއި މެދު ސުވާލު އުފެއްދޭކަށް ނެތެވެ. އަނެއްކޮޅުން ބްރިޖާއި ރަންވޭ ޕްރޮޖެކްޓް ފަދަ މަސައްކަތްތަކަށް ވިލާ ސިމެންތި ބޭނުން ކުރުމަކީ ސިމެންތީގެ ކޮލެޓީ ދައްކުވައިދޭ ކަމެކެވެ.
ވިލާ ސިމެންތިން ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުމާލޭގައި ހިންގާ ސޯޝަލް ހައުސިން ޕްރޮޖެކްޓް ތަކަށް ވެސް ގިނަ އަދަދެއްގެ ސިމެންތި ފޯރުކޮށްދީފަ އެވެ. އެހެންކަމުން އެންމެ މަތީ ފަންތީގައި ގިންތި ކުރެވޭ ވިލާ ސިމެންތިން ވަނީ ރާއްޖޭގެ އުމަރާނީ ތަރައްގީގެ ހުރިހާ ދާއިރާތަކެއްގައި ވެސް މުހިންމު ރޯލެއް އަދާކޮށްފަ އެވެ.
އާންމު ބާޒާރުގައި ވެސް ފުޅާ ދާއިރާއެއްގައި ސިމެންތި ވިއްކާ ވިލާ ސިމެންތިން އަންނަނީ 50 ކިލޯގެ ސިމެންތި ބަސްތާގެ އިތުރުން ބޮޑެތި ޕްރޮޖެކްޓްތަކަށް ގިނައިން ސިމެންތި ގެންދާނަމަ ޖަމްބޯ ބޭގްގައި ވެސް ސިމެންތި ވިއްކަމުންނެވެ.
ވިލާ ސިމެންތިން ތިލަފުށީގައި ހިންގާ ޕްލާންޓުގައި 16,000 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ ހުންނަ އިރު ދުވާލަކަށް 1,274 ޓަނުގެ ޕްރޮޑަކްޝަން ކެޕޭސިޓީ ހުރެ އެވެ. އެހެންކަމުން ރާއްޖޭގެ މާކެޓް ޑިމާންޑާއި އެއްވަރަށް ވިލާ ސިމެންތި ބާޒާރަށް ނެރުމުގައި ދަތިކަމެއް ނެތްކަމަށް އެ ކުންފުނިން ބުނެ އެވެ.
އެހެންކަމުން ވިލާ ހަކަތަ އޮތީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގަ އެވެ. އެކަން ވަނީ ކުރިން ދައްކުވައިދީފަ އެވެ. އަދި އެ ކުންފުނީގެ ކެޕޭސިޓީ އުތުރުކޮށް ސަޕްލައި ވަރުގަދަ ކުރަމުން ދިއުމަކީ ކުރިއަށް އޮތް ތަނުގައި ވެސް ވިލާ ސިމެންތިން މުހިންމު ދައުރެއް އަދާކުރާނެ ކަމުގެ ޔަގީންކަމެކެވެ.