ރާއްޖޭގައި އިންޑަސްޓްރިއަލް ސިނާއަތާ މެރިން ސިނާއަތާއެކު އެކި އުޅަނދުފަހަރަށް ބޭނުންވާ ޕްރޮޑަކްޓުތަކުގެ މާކެޓެއް ވަނީ އުފެދިފަ އެވެ. އެ މާކެޓަށް ކޮލިޓީ ރަނގަޅު މޮޅު ޕްރޮޑަކްޓުތަކެއް ނެރުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުންދާއިރު، ވިލާ ހަކަތައިގެ ޕްރޮޑަކްޓުތަކަކީ ފާހަގަ ކޮށްލެވޭ ތަކެއްޗެވެ. ހާއްސަކޮށް، ހެވީ ޑިއުޓީ މެޝިނަރީ އާއި އެއްގަމު އަދި ކަނޑު އުޅަނދުފަހަރާއި އެއްގަމު އުޅަނދުތަކަށް ބޭނުންކުރާ އަޑީ ތެލުގެ އެކި ގުރޭޑުގެ އެކި ޕްރޮޑަކްޓުތަކަކީ ފާހަގަކޮށްލެވޭ ޕްރޮޑަކްޓުތަކެކެވެ.
ވިލާ ހަކަތައިން ވިއްކަމުންދާ ޝެލް ބްރޭންޑުގެ އަޑީތެލުގެ ތެރޭގައި އެކި ގުރޭޑުތަކުގެ އަޑީތެޔޮ ހިމެނެ އެވެ. އޭގެ ތެރެއިން ޕެޓްރޯލް އިންޖީނުތަކަށް ބޭނުންކުރާ ހީލިކްސް އެޗްއެކްސް5 20ޑަބްލިއު-50 އަކީ ފާހަގަ ކޮށްލެވޭ އަޑީތެލެކެވެ. އެ އަޑީތެލަކީ ޕްރީމިއަމް މަލްޓި ގުރޭޑުގެ އަޑީތެލެކެވެ. ވިލާ ހަކަތައިން ވިއްކަމުން ދަނީ އޭގެ އެއް ލީޓަރާއި ހަތަރު ލީޓަރުގެ ހަމެވެ.
އެ އަޑީތެލަކީ ކާރާއި ސައިކަލުގެ އިތުރުން އަޓްބޯޑު އިންޖީނުތަކަށް ވެސް ބޭނުން ކުރެވޭނެ އަޑީތެލެކެވެ. އެ އަޑީތެލުން އިންޖީނު ހަލާކުވިޔަ ނުދީ ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއެވެ. އެގޮތުން އެ އަޑީއެލަކީ އިންޖީނުގައި ދަބަރުޖެހުން ކުޑަކޮށްދީ އިންޖީނުގެ މެއިންޓެނެސް ހަރަދު ކުޑަކޮށްދޭ އެއްޗެކެވެ. އަދި އިންޖީނުގެ ވައިބްރޭޝަން ކޮންޓްރޯލުކޮށް، އިންޖީނުގެ އަޑު ވެސް މަޑު ކޮށްދޭ އެއްޗެކެވެ. އަދި އެ އަޑީތެލުގެ ސަބަބުން އިންޖީނަށް ބޭނުންވާ ތެޔޮ މަދުވެ، ތެލުގެ ހަރަދު ކުޑަވެއެވެ.
ހީލިކްސްގެ އިތުރުން ވިލާ ހަކަތައިން ދާދިފަހުން ޝެލް ބްރޭންޑުގެ ރިމިއުލާ އާރު4އެކްސް 15ޑަބްލިއު-40ގެ ޓައްޕު ވެސް ވަނީ މާކެޓަށް ނެރެފަ އެވެ. އެ އަޑީތެލަކީ ކަނޑު އުޅަނދުފަހަރާއި ޕަވާ ޖެނަރޭޓަރުތަކަށް ހާއްސަ އަޑީތެލެކެވެ. އެ އަޑީތެލަކީ ވެސް އިންޖީނަށް ލިބޭ އެކި ގެއްލުންތައް ކުޑަ ކޮށްދޭ އަޑީތެލެކެވެ. އެގޮތުން އެ އަޑީތެލުން އިންޖީނު ތެރޭގައި އުފެދޭ އެސިޑް އަދި ދަބަރު ކޮންޓްރޯލުވެ އެވެ. އެހެންކަމުން، އިންޖީނުގެ މެއިންޓެނެންސަށް ދާ ހަރަދު ކުޑަކޮށް އިންޖީނުގެ އުމުރު ދިގުކޮށްދެ އެވެ.
އެ ފިހާރައިން ލިބެން ހުރި އަޑީތެލުގެ ތެރޭގައި ކަނޑުއުޅަނދު ފަހަރަށް ހާއްސަ ރިމިއުލާ އާރު3+ 40 ސީއެފް 228.0 ވެސް ލިބެން ހުރެއެވެ. އަދި ޔޮޓު ފަދަ އުޅަނދުފަހަރަށް ހާއްސަ ރިމިއުލާ އާރު4އެލް 15ޑަބްލިއު-40 ވެސް ލިބެން ހުރެއެވެ. އޭގެ އިތުރުން މެނުއަލް ގިއާ އަށް ހާއްސަކޮށް ބޭނުން ކުރާ ސްޕައިރެކްސް އެސް2 ޖީ 90 އަޑީތެޔޮ ވެސް ލިބެން ހުރެއެވެ.
ވިލާ ހަކަތައިން ލިބެން ހުރި ހައިޑްރޯލިކްގެ އިތުރުން އެކްސްކަވޭޓާ ފަދަ ހެވީ ވެހިކަލަށް ބޭނުން ކުރާ ޓެލަސް އެސް2 އެމް 68 ގެ އަޑީތެޔޮ ވެސް ހުރެއެވެ. އަދި ސައިކަލަށް ހާއްސަ އެޑްވާންސް 4ޓީ އޭއެކްސް3 20ޑަބްލިއު-50 ގެ އަޑީތެޔޮ ވެސް ލިބެއެވެ.
ވިލާ ހަކަތައިން ރާއްޖޭގައި އަޑީތެލުގެ ވިޔަފާރި ކުރާތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، މިއީ ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ޕްރޮޑަކްޓުތަކެއް ވިއްކަމުން ދާ ފިހާރައެކެވެ. ވިލާ ހަކަތައިން ވިއްކާ ޝެލް ބްރޭންޑުގެ އަޑީތެލަކީ ދުނިޔޭގެ މާކެޓުގައި އެންމެ ކުރި ހޯދާފައިވާ އެއް ބްރޭންޑެވެ. އެ ބްރޭންޑަކީ ފަހުގެ ޓެކުނޮލަޖީގެ މޮޅު ފޯމިއުލާތަކެއް ހިމެނޭ ބްރޭންޑެކެވެ. އެ ބްރޭންޑުގެ އުފެއްދުންތައް ދުނިޔޭގެ 100އެއްހާ ގައުމުގައި ދަނީ ވިއްކަމުންނެވެ.
ވިލާ ހަކަތައިގައި ލުބްރިކަންޓުގެ އިތުރުން، ކޮންސްޓްރަކްޝަންގެ ގިނަ ތަކެތި ވެސް ދަނީ ވިއްކަމުންނެވެ. އޭގެ ތެރޭގައި ޓީނާއި ލަކުޑި އަދި ސިމެންތީގެ ބާވަތްތައް ހިމެނެއެވެ.