ވިލާ ގޭސް

ވިލާ ގޭހަށް އެޕުން އޯޑަރު ދޭން މާ ފަސޭހަ

Dec 17, 2023

ގޭސް ފުޅި ހުސްވެ ފޯނަށް ނުގުޅި ގޭސް ނުލިބި ހުންނަންވީ ދުވަސް މާޒީވެއްޖެ އެވެ. އެތައް ބަޔަކު އެއްފަހަރާ ގުޅަމުން ދިއުމުގެ ސަބަބުން ފޯނުން ގޭހަށް އޯޑަރު ދިނުމުގެ ދަތިކަން ހައްލުކުރުމަށް ވިލާ ގޭހުން ވަނީ މޮބައިލް އެޕެއް ފަރުމާ ކޮށްފަ އެވެ.

މި އެޕަކީ ބޭނުން ކުރަން ފަސޭހަ "ޔޫސާ ފްރެންޑްލީ" އެޕެކެވެ. ވިލާ ގޭހުގެ އެޕަކީ ކަސްޓަމަރުންނަށް އެކައުންޓްގެ މައުލޫމާތާއި ޕޭމަންޓް ހިސްޓްރީ ވެސް ފެންނާނެހެން ފަރުމާކޮށްފައިވާ އެޕެކެވެ. އަދި އެ ކުންފުނިން ކުރިއަށް ގެންދާ އެކި ޕްރޮމޯޝަންތަކުގެ މައުލޫމާތާއި ތަފްސީލް ވެސް އެޕު މެދުވެރިކޮށް ބަލާލެވޭނެ އެވެ.

ވިލާ ގޭހުގެ އެޕް ބޭނުން ކުރެވޭނީ ރަޖިސްޓާކޮށްގެންނެވެ. އެޕަށް ރަޖިސްޓާކުރުމަށް އެޑްރެހާއި އެޕާޓްމަންޓު ނަމްބަރާއި ނަމާއި މޮބައިލް ނަމްބަރު ބޭނުންވާނެ އެވެ. އެޕަށް ރަޖިސްޓާކުރުމަށް ފަހު ދިރިއުޅޭ އެޑްރެސް ބަދަލުވެއްޖެ ނަމަ އެޕުން ފަސޭހައިން އެޑްރެސް އާއި އިތުރު މައުލޫމާތު އަޕްޑޭޓްކުރެވޭނެ އެވެ.

އެޕުން ގޭހަށް އޯޑަރު ދިނުމަށް ރަޖިސްޓްރޭޝަނަށް ފަހު "އޯޑާ ނައު" ހިޔާރުކޮށް ބޭނުންވާ ސައިޒެއްގެ ގޭސްފުޅި ހިޔާރުކުރަންވީ އެވެ. ގޭސް ފުޅި ހިޔާރު ކުރަން ލިބޭ އޮޕްޝަންތައް ފެންނަން ހުންނާނީ ގޭސް ފުޅީގެ ވައްތަރާއި ސައިޒު އަދި އަގުގެ މައުލޫމާތާއި އެކު އެވެ. ވިލާ ގޭހުން 4 ކިލޯ، 10 ކިލޯ، 20 ކިލޯ އަދި 45 ކިލޯގެ ގޭސް ފުޅި ލިބޭނެ އެވެ.

ބޭނުންވާ ވައްތަރެއްގެ ގޭސްފުޅިއެއް ހިޔާރު ކޮށް ޗެކް އައުޓްއަށް ދިއުމުން ފައިސާ ދައްކަން ބޭނުންވާ ޕޭމަންޓް އޮޕްޝަނެއް ހިޔާރުކޮށް ފައިސާ ދެއްކުމުން އޯޑަރު ދެވުނީ އެވެ.

ވިލާ ގޭސް އެޕް މެދުވެރިކޮށް އޯޑަރު ދިނުމުން ކުޑަ އިރުކޮޅެއްގެ ތެރޭގައި ގޭސްފުޅި ޑެލިވާކުރާނެ އެވެ.

މި އެޕް މެދުވެރިކޮށް ގޭސްފުޅީގެ އިތުރުން ގޭސް ފުޅި ގުޅަން ބޭނުން ކުރާ ހޮޅި ފަދަ އެކި އެސަސަރީސް ވެސް ގަންނަން ލިބޭނެ އެވެ.

ވިލާ ގޭހުން ވަނީ މޮބައިލް އެޕްލިކޭޝަންގެ އިތުރުން އޮންލައިންކޮށް އޯޑަރުތައް ނެގުމަށް ވެބްސައިޓެއް ވެސް ތައާރަފްކޮށްފަ އެވެ.

އެ ވެބްސައިޓަކީ ވެސް މޮބައިލް އެޕާ އެއްފަދައިން ބޭނުންކުރަން ފަސޭހަ، "ޔޫސާ ފްރެންޑްލީ" ވެބްސައިޓެކެވެ. ވެބްސައިޓު މެދުވެރިކޮށް ވެސް އޯޑަރު ދެވޭނީ ރަޖިސްޓްރީކޮށްގެންނެވެ. މި ވެބްސައިޓު މެދުވެރިކޮށް ވެސް ބޭނުން ސައިޒެއްގެ ބޭނުން ވައްތަރެއްގެ ގޭސްފުޅިއަކަށް އޯޑަރު ދެވޭނެ އެވެ.

ވިލާއިން ގޭހަށް އޯޑަރު ދިނުމުގެ ހިދުމަތް އޮންލައިން ކުރީ ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށްދިނުމަށެވެ. އަދި އޮންލައިންކޮށް ގޭހަށް އޯޑަރު ދިނުމުން ޑެލިވަރީ ވަގުތު އިތުރަށް އަވަސްވާނެ އެވެ.

ވިލާ ގޭހަކީ ރާއްޖޭގައި އެންމެ ފުރަތަމަ އެލްޕީޖީގެ ހިދުމަތް ދޭން ފެށި، ވިލާ ހަކަތަ ޕްރައިވެޓް ލިމިޓެޑްގެ ރީޓެއިލް ބްރޭންޑެކެވެ. އެ ބްރޭންޑްގެ އެންމެ ބޮޑު މަގުސަދަކީ ސާފު، ކައްކާ ގޭސް މާކެޓަށް ފޯރުކޮށްދިނުމެވެ. ރާއްޖޭގެ އެންމެ ބޮޑު އެލްޕީޖީ ސްޓޯރޭޖް ފެސިލިޓީ އާއި ގާބިލު ޓީމެއް ހިމެނޭ ވަރުގަދަ އިންފްރާސްޓްރަކްޗަރާ އެކު، ވިލާ ގޭސް ވެގެން ގޮސްފައި ވަނީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އަދި އިތުބާރުކުރެވޭ ބްރޭންޑަށެވެ.

ވިލާ ހަކަތައަކީ ރާއްޖޭގައި 2003 ވަނަ އަހަރުން ފެށިގެން ހަކަތަ (އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިން ގެއޮއިލް)، ސިމެންތި އަދި ކޮންސްޓްރަކްޝަން ސާމާނުގެ ވިޔަފާރި ކުރަމުން އަންނަ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުންޏެވެ.