ވިލާ ގޭސް

ވިލާ ގޭސް ފައިބަރު ފުޅި: ރައްކާތެރިކަމުގެ ގޮތުން ދެ ވަނަ އެއް ނެތް!

Sep 6, 2022
1

ދަބަރު ޖަހާފައިވާ ދަގަނޑު ގޭސް ފުޅިތައް މާޒީގެ ތެރެއަށް ދޫކޮށްލާށެވެ. ވިލާ ގޭހުން ތައާރަފް ކޮށްފައިވާ ޒަމާނީ ގޭސްފުޅީގެ ވާހަކަ ފަށަމާ ހިނގާށެވެ. ދަބަރެއް ނުޖަހާނެ އެވެ. ލުއިވެފައި ގެންގުޅެން އެތައް ގުނައެއް ފަސޭހަ އެވެ. ސަލާމަތީ ގޮތުން ދެވަނައެއް ނެތެވެ.

ވިލާ ހަކަތަ އިން ތައާރަފް ކޮށްފައިވާ ޒަމާނަށް ފެތޭ ގޭސްފުޅީގެ ތަފްސީލަށް ދާނަމަ، މިއީ ކޮމްޕޮޒިޓް ނުވަތަ ފައިބަ ސިލިންޑާ އެކެވެ. އިތުރު ތަފްސީލަކަށް ދާނަމަ މިއީ ތިން ފަށަލައެއްގެ މައްޗަށް އުފައްދާފައިވާ، ސަލާމަތީ ގޮތުން އެންމެ މަތީ ފަންތީގައި މިންކުރެވޭ ގޭސް ފުޅި އެކެވެ.

އުފައްދާފައިވާ ގޮތަށް ބަލާނަމަ މި ގޭސް ފުޅީގައި އެންމެ އެތެރޭގައި ވަނީ ބްލޯ މޯލްޑް ކޮށްފައިވާ ހައި ޑެންސިޓީ ޕޮލިއެތިލިން (އެޗްޑީޕީއީ) ފަށަލަ އެކެވެ. އޭގެ މަތިން ވަނީ ޕޮލިމަ އިން އޮޅާފައިވާ ފައިބަ ގްލާސްގެ ކޮމްޕޮޒިޓް ފަށަލަ އެކެވެ. އެންމެ ބޭރަށް ފެންނަން އިންނަނީ އެޗްޑީޕީއީ ފަށަލަ އެކެވެ.

ކުރުކޮށް ބުނާނަމަ މިއީ ބަލާލަން ރީތި ވެފައި އަތަށް ލުއިވުމުގެ އިތުރުން، އެންމެ ރައްކާތެރި ގޮތަށް ޑިޒައިންކޮށް، ތައްޔާރު ކޮށްފައިވާ ގޭސް ފުޅި އެކެވެ.

ވިލާ ހަކަތައިން މިހާރު ފަށާފައިވާ "ފާސްޓޭ ދޯ" ކެމްޕެއިންގެ ތެރެއިން، ސެޕްޓެމްބަރުގެ ނިޔަލަށް، ދަގަނޑު ފުޅި 499 ރުފިޔާ އަށް ފައިބަރު ފުޅިއަކަށް ބަދަލު ކޮށްލެވޭނެ އެވެ. އަދި "ހިޔާ ލަކީޑްރޯ" ޕްރޮމޯޝަންގެ ދަށުން ހިޔާ ފްލެޓްގައި އުޅޭ މީހުންގެ ތެރެއިން، ވިލާ ގޭސް އޯޑަރު ކުރާ ފަރާތްތަކުގެ މެދުގައި ހޮވޭ ނަސީބުވެރިންނަށް ހަމަސް ދުވަހުގެ ފްލެޓް މެއިންޓެނަންސް ފީ ދައްކައިދޭނެ އެވެ.

މީގެއިތުރުން ދާދި ފަހުން ހަވާލުކުރި ސްޓެލްކޯގެ ބްލޫ ރިޖް ފްލެޓްތަކަށް ހާއްސަ ޕްރޮމޯޝަނެއް ވިލާ ހަކަތައިން ވަނީ ފަށާފަ އެވެ. އެ ޕްރޮމޯޝަންގެ ދަށުން، ގޭސް ފުޅި ހިލޭ ލިބޭއިރު ދައްކަން ޖެހޭނީ ހަމައެކަނި ގޭހަށްވާ 200 ރުފިޔާ އެވެ.

“ވިލާ ގޭސް އެޕް” ނުވަތަ ހޮޓްލައިން 3336633 ނުވަތަ ވިލާ ގޭސްގެ ވެބްސައިޓް މެދުވެރިކޮށް ވިލާ ގޭސް އޯޑާ ކުރެވޭނެ އެވެ.

ކަސްޓަމަރުންނަށް ވަރަށް ގާތުން، ކޮލެޓީ ހިދުމަތެއް ދެމުން އަންނަ ކުންފުނިން ވަނީ 10 އަދި 20 ކިލޯގެ ފައިބަރު ގޭސް ފުޅި ބާޒާރަށް ނެރެފަ އެވެ. އެހެންކަމުން ގޭބިސީތަކުގެ އިތުރުން އިންޑަސްޓްރިއަލް ބޭނުންތަކަށް ވިލާގެ ފައިބަރު ގޭސް ފުޅި ހޯދުމަށް ދައްޗެއް ނުވާނެ އެވެ.

ދަތުރެއް ދާން ނުވަތަ އެފަދަ އެހެން ލުއި ބޭނުކަމަށް ނަމަ ހަތަރު ކިލޯގެ ފުޅިއެއް ގެންދާށެވެ. އަދި ގިނައިން ގޭސް ބޭނުންވަ ފަދަ ކަންކަމަށް 20 ކިލޯގެ ބޮޑު ފުޅިއެއް ނަގާށެވެ.

ވިލާގެ ފައިބަރު ގޭސް ފުޅީގައި ހުރި އިތުރު ފަސޭހަ ތަކަށް ބަލާއިރު، ގޭސް ހުރި ވަރު ފަސޭހަ އިން ބެލޭނެ އެވެ. އަލިފާނުގެ ހާދިސާއެއްގައި ވެސް ގޭސްފުޅި ގޮވުން ފަދަ، އިތުރު ގެއްލުންތައް ލިބޭނެ ކަންކަމުން ރައްކާތެރިކަން ލިބިދޭނެ އެވެ. ގޭސް ލީކު ވުމުން ރައްކާތެރި ކޮށްދޭނެ އެވެ. އަދި ކުރިން ބުނިހެން އުފުލަން ލުއި ވެފައި، ދަބަރުގެ އުނދަގުލުން ސަލާމަތް ވާނެ އެވެ.

މި ހުރިހާ ފަސޭހަތަކެއް އެއްފަރާތް ކޮށްލުމަށް ފަހު ސަލާމަތީ ގޮތުން އެކަނި ބެލި ނަމަވެސް، ކުރީގެ ފުޅިތައް ދޫކޮށްލާފައި ވިލާގެ ފައިބަރު ގޭސް ފުޅި އަށް ބަދަލުވުން އިންތިހާ އަށް މުހިންމެވެ.