ވިލާ ގޭސް

ވިލާ ގޭސް ހިޔާ ލަކީޑްރޯގެ ނަސީބުވެރިން ހޮވުން މިރޭ

Jul 7, 2022

ވިލާ ކުންފުނީގެ ވިލާ ހަކަތަ އިން "ވިލާ ގޭސް ހިޔާ ފްލެޓް ލަކީ ޑްރޯ" ގެ ނަމުގައި މިދިޔަ އަހަރު ފެށި ޕްރޮމޯޝަންގެ ނަސީބުވެރިން މިރޭ ހޮވާނެ އެވެ.

"ވިލާ ގޭސް ހިޔާ ފްލެޓް ލަކީ ޑްރޯ" އަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން މަދުވެގެން ހަ މަސް ދުވަސް ވަންދެން ވިލާ ގޭސް އޯޑަރުކޮށް ފައިސާ ދެއްކި މީހުންގެ މެދުގައި ކުރިއަށްގެންދިޔަ ހާއްސަ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ މެދުގައި ލަކީ ޑްރޯ މިރޭ ނަގާނެއެވެ. އެގޮތުން އެ ލަކީ ޑްރޯ ނެގުމަށް ހަމަޖެހިފައި ވަނީ މިރޭ 8:40 ގައެވެ. އެ ލަކީ ޑްރޯގެ ގުރުއަތު ނެގުން ވީޓީވީ މެދުވެރިކޮށް ދުރަށް ދައްކާނެއެވެ.

މި ގުރުއަތުގައި ބައިވެރިވި މީހުންގެ ތެރޭގައި ހިޔާ ފްލެޓްގެ ކޮންމެ ޓަވަރަކުން ހޮވޭ އެއް ފަރާތަކަށް ހަ މަސްދުވަހުގެ ފްލެޓް މެއިންޓެނަންސް ފީ ކަމުގައިވާ 6،000ރ، ދައްކައިދޭނެއެވެ. މި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ގޭސް ފުޅީގެ އަގު މުޅިން ހިލޭ ކުރެވޭ ގޮތްވެސް ހަދައިދޭނެ އެވެ.

ވިލާ ހަކަތައިގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވިލާ ހަކަތައިގެ ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށް ދޭނެ ގޮތްތައް ބަލައެވެ.