ވިލާ ގޭސް

ވިލާ ގޭސް އަދި ވިލާ މާޓުން ވިޔަފާރިކޮށްގެން އަގުހުރި އިނާމުތަކެއް

Dec 11, 2022
1

ވޯލްޑް ކަޕާ ދިމާކޮށް ވިލާ ހަކަތަ އާއި ވިލާ ޓްރޭޑިން އިން ކުރިއަށް ގެންދާ "މަވެސް ބަލަން" ކެމްޕެއިނުގައި ބައިވެރިވެގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ނޮވެމްބަރު 20 އިން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ކެމްޕެއިންގައި ތަފާތު ހަރަކާތްތައް ހިމެނެ އެވެ. އެގޮތުން "މަވެސް ބަލަން ލަކީޑްރޯ" އާއި "މަވެސް ބަލަން ފޮޓޯ ޗެލެންޖް" ގައި ބައިވެރިވެގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިވެފައި ވެއެވެ.

"މަވެސް ބަލަން ލަކީޑްރޯ" ގައި ބައިވެރިވެވޭނީ ވިލާ މާޓަކުން 500 ރުފިޔާ އިން މަތިން ވިޔަފާރި ކުރުމުން އަދި ވިލާ ގޭހަށް އޯޑަރު ކުރުމުން ނުވަތަ ވިލާ ގޭހަށް ބަދަލު ކުރާ ކަސްޓަމަރުންނަށެވެ.

ލަކީޑްރޯ އިން އެއްވަނަ އަށް ހޮވޭ ފަރާތަކަށް އެންމެ ފަހުގެ އައިފޯން 14 ޕްރޯ މެކްސް އެއް ލިބޭއިރު ދެވަނަ އަށް ހޮވޭ ފަރާތަކަށް ދެ މީހަކަށް ރިސޯޓް ޓްރިޕެއް ލިބެ އެވެ. ތިންވަނަ އަށް ހޮވޭ ފަރާތަކަށް ލިބޭނީ ޑިސްކައުންޓް ވައުޗަރެކެވެ.

ވިލާ ގޭސް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އަދި ހޮޓްލައިން ނަންބަރު 3336633 އަށް ގުޅައިގެން ނުވަތަ ވިލާ ހަކަތައިގެ ވެބްސައިޓުން ފަސޭހަ ކަމާއި އެކު ވިލާ ގޭހަށް އޯޑަރު ކުރެވޭނެ އެވެ.

ވިލާ ގޭހަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެލްޕީޖީގެ ހިދުމަތް ދޭން ފެށި، ވިލާ ހަކަތަ ޕްރައިވެޓް ލިމިޓެޑްގެ ރީޓެއިލް ބްރޭންޑެކެވެ. އެ ބްރޭންޑްގެ އެންމެ ބޮޑު މަގުސަދަކީ ސާފު، ކައްކާ ގޭސް މާކެޓަށް ފޯރުކޮށްދިނުމެވެ. ރާއްޖޭގެ އެންމެ ބޮޑު އެލްޕީޖީ ސްޓޯރޭޖް ފެސިލިޓީ އާއި ގާބިލު ޓީމެއް ހިމެނޭ ވަރުގަދަ އިންފްރާސްޓްރަކްޗަރާ އެކު، ވިލާ ގޭސް ވެގެން ގޮސްފައި ވަނީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެންމެ ޑެލިވަރީ އަވަސް އަދި އެންމެ އިތުބާރުކުރެވޭ ބްރޭންޑަށެވެ.