ވިލާ ހަކަތަ

ވިލާ ކޮންސްޓްރަކްޝަން މެޓީރިއަލްސް: އިމާރާތް ކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް އެއްތަނަކުން

Dec 23, 2022

އިމާރާތް ކުރުމުގެ ދާއިރާގެ މަސައްކަތްތަކަށް ބޭނުންވާ ހުރިހާ ސާމާނެއް އެއް ތަނަކުން ލިބޭ ގޮތަށް، ވިލާ ކޮންސްޓްރަކްޝަން މެޓީރިއަލް އިން ހެޔޮ އަގުގައި ކޮލެޓީ ސާމާނުތައް ރާއްޖޭގެ ބާޒާރުގައި ވިއްކަމުން އަންނަތާ 22 އަހަރު ވެއްޖެ އެވެ.

ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ ވިލާ ކޮންސްޓްރަކްޝަން މެޓީރިއަލްސް އިން އަންނަނީ ހިލަ އާއި ހިލަ ވެލިން ފެށިގެން، ލަކުޑި އާއި ފްލައިވުޑް ފިލާގެ ތަފާތު ބާވަތްތަކާއި, ދަގަނޑު އަދި ސްޓީލް ފަދަ ވަރަށް ގިނަ ސާމާނު ވިއްކަމުންނެވެ. މީގެއިތުރުން ޝެރާ ބޯޑާއި, ބިލްޑިން ވަޔާ އާއި، ރޫފިން ވެސް ވިލާ ކޮންސްޓްރަކްޝަން މެޓީރިއަލަސް އިން ލިބެން އެބަހުއްޓެވެ.

ވިލާ ކޮންސްޓްރަކްޝަން މެޓީރިއަލްސް އިން ވިއްކާ ފްލައިވުޑްގެ ތެރޭގައި ފެނުގެ އަސަރު ބޮޑަށް ކުރާ ތަންތަނުގައި ބޭނުންކުރަން ހާއްސަ މެރިން ފްލައިވުޑާއި, ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ތައްގަނޑު ތައްޔާރު ކުރަން ބޭނުންކުރާ ފިލްމު ފޭސްޑް ފްލައިވުޑް ހިމެނެ އެވެ. މީގެއިތުރުން ފަރުނީޗަރާއި, އެހެނިހެން އާންމު ބޭނުންތަކަށް ބޭނުންކުރާ ކޮމާޝަލް ފްލައިވުޑާއި ގިނަ ބޭނުންތައް ކުރެވޭ މަޝްހޫރު މެލޭޝިޔަން ފްލައިވުޑް ވެސް ވިލާ ކޮންސްޓްރަކްޝަން މެޓީރިއަލްސް އިން ވިއްކަ އެވެ.

ވިލާ ކޮންސްޓްރަކްޝަން މެޓީރިއަލްސް އިން ލިބެން ހުރި މެރިން ފްލައިވުޑްގެ ސައިޒުތައް:

  • 6 އެމްއެމް
  • 9 އެމްއެމް
  • 12 އެމްއެމް
  • ފުޅާ މިނުގައި 4 ފޫޓް އަދި ދިގު މިނުގައި 8 ފޫޓް

ކަސްޓަމަރުންނާ ގާތުން ހިދުމަތް ދެމުން އަންނަ ވިލާ ކޮންސްޓްރަކްޝަން މެޓީރިއަލްސް އިން ބުނީ, ޓިމްބާ އާއި ރޫފިން އެ ބަޔަކު ބޭނުންވާ ގޮތަކަށް ކަސްޓަމައިޒް ކޮށްދޭނެ ކަމަށެވެ. އަދި އެ ތަނުން ވިއްކާ ސިމެންތި އަކީ އޯޑަރު ދިނުމުން ވަގުތުން ބަންދުކޮށްގެން, ތާޒާކަމާއި އެކު ކަސްޓަމަރަށް ފޯރުކޮށްދޭ ކޮލެޓީ ސިމެންތި ކަމަށް ވިލާ ކޮންސްޓްރަކްޝަން މެޓީރިއަލްސް އިން ބުނެ އެވެ.

ވިލާ ކޮންސްޓްރަކްޝަން މެޓީރިއަލްސް އިން ލިބެން ހުރި އިތުރު ބާވަތްތަކަށް ބަލާއިރު މިކްސްޑް ހާޑްވުޑް އާއި ރެޑް މެރަންޓައި ލަކުޑި އާއި ޓްރީޓެޑް ޕައިން ލަކުޑި އާއި ޔެލޯ ބަލޯ ލަކުޑީގެ އިތުރުން ކާޕާ ލަކުޑި ހިމެނެ އެވެ. މިންތައް ތިރީގައި އެ ވަނީ އެވެ:

  • މިކްސްޑް ހާޑްވުޑް: 2" 6" 2" 8"
  • ރެޑް މެރަންޓައި: 2" 6" 2" 8"
  • ޓްރީޓެޑް ޕައިން: 2" 8"
  • ކާޕާރ: 2" 4"

ކާޕާ އަކީ ދިގު މުއްދަތަށް ބޭނުން ކުރެވޭ ފްލޯރިން އާއި ސްޓެއާކޭސް އަދި އައުޓްޑޯ އަދި އެކްސްޓާނަލް ޑެކިން އާއި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ބޭނުން ކުރެވޭ މޮޅު ލަކުޑި އެކެވެ. ރެޑް މެރަންޓައި އަކީ މޫސުމާއި ގުޅުވައިގެން އެއްވެސް ބަދަލެއް ނާންނަ, ކީހަން ފަސޭހަ އަދި ގޭތެރޭގައި ބޭނުން ކުރާ ފަރުނީޗަރު ފަދަ ތަކެތި ޖެހުމަށް ބޭނުން ކުރަން އެންމެ ރަނގަޅު އެއް ލަކުޑި އެވެ.

މިކްސްޑް ހާޑްވުޑަކީ ކޮންމެވެސް ވަރަކަށް ތެޔޮ ކަމެއް ހުންނަ އެއްޗެއް ކަމުން, ފަންގަސް އާއި އެހެނިހެން ދިރޭ އެއްޗެހި އެޅުން ހުއްޓުވަ އެވެ. އަދި ވިއްސާރަ މޫސުމުގައި ވެސް ބޭރުގައި ކުރާ މަސައްކަތްތަކުގައި ވެސް ބޭނުން ކުރެވެ އެވެ. މިއީ އައުޓްޑޯ ފަރުނީޗަރު ހެދުން ފަދަ ކަންކަމަށް އެންމެ އެކަށީގެންވާ ލަކުޑި އެވެ. އަދި ކޮންސްޓްރަކްޝަން މަސައްކަތްތައް, ޝަޓަރިން އަދި ރޫފިން ކަހަލަ ކަންކަމަށް ވެސް އެންމެ ބަރާބަރީ މިިކްސްޑް ހާޑްވުޑެވެ.

ޔެލޯ ބަލޯ އަކީ ސޭންޑް ފިނިޝް އެއްޗެއް ކަމުން, ތަތްކޮށްގެން އެއްޗެހި ހެދުމަށް އެންމެ ރަނގަޅު އެއް ލަކުޑި އަކީ މިއީ އެވެ. އަދި އޮއިލް ބޭސްޑް އަންޑާކޯޓަކާއި އެކު ފެން ޖެހޭ ހިސާބުތަކުގައި ވެސް މި ލަކުޑި ބޭނުން ކުރެވެ އެވެ. އެހެންކަމުން މިއީ ދޯނި ބަނުން ކަހަލަ ކަންކަމަށް އެންމެ އެކަށީގެންވާ ލަކުޑި އެވެ.

ޕައިން ވުޑް އަކީ ވެސް މަސައްކަތަށް ވަރަށް ފަސޭހަ, ސޭޑް ފިނިޝް އެއް ހުންނަ ލަކުޑިއެއް ކަމުން ތަތްކޮށްގެން ކުރާ މަސައްކަތްތަކަށް ވަރަށް ފަސޭހަ ވާނެ އެވެ. ޕައިވްޑުވް އެންމެ ކަމުދާނީ އިންޑޯ ފަރުނީޗަރާއި ދޮރު ފަދަ ކަންކަމަށް ބޭނުން ކުރުމަށެވެ.

އިމާރާތް ކުރުމަށް ބޭނުންވާ ކޮލެޓީ ސާމާނު އެއް ތަނަކުން ލިބެން ހުރި އިރު, އެ ތަކެތި ގަތުމަށް ވެސް ވިލާ ކޮންސްޓްރަކްޝަން މެޓީރިއަލްސް އިން ވަނީ ކަސްޓަމަރުންނަށް ފަސޭހަ ގޮތްތަކެއް ފަހިކޮށްދީފަ އެވެ. އެގޮތުން އެ ކުންފުނީގެ 3343183 އަށް ގުޅުއްވައިގެން ނުވަތަ 7236464 އަށް ވައިބާ ކޮށްގެން ވިޔަފާރި ކުރުމުގެ ފުރުސަތު ވިލާ ކޮންސްޓްރަކްޝަން މެޓީރިއަލްސް އިން ވަނީ ހުޅުވާލާފަ އެވެ. އަދި [email protected] އަށް އީމެއިލް ކޮށްގެން ވެސް އެ ކުންފުނިން ވިޔަފާރި ކުރެވޭނެ އެވެ.