ވިލާ ހަކަތަ

ވިލާ ސިމެންތި އަގު ހެޔޮކޮށްފި

Aug 24, 2022
1

އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ އިތުބާރު ލިބިފައިވާ ވިލާ ސިމެންތީގެ އަގު ހެޔޮކޮށްފި އެވެ.

ގިނަ ދުވަހަށް ބޭނުން ކުރެވޭ، ކޮލިޓީ ސިމެންތީގެ އަގު ހެޔޮ ކުރީ ސިމެންތި އެތެރެކުރުމަށް، އެކަމަށް ހާއްސަ "ސިމެންތި ނިއުމެޓިކް ކެރިއަރ" އެއް ދިގު މުއްދަތަކަށް ޗާޓާ ކުރުމުން ސިމެންތި އެތެރެކުރުމުގެ ކެޕޭސިޓީ އިތުރުވުމުން ކަމަށް ވިލާ ހަކަތައިން ބުނެ އެވެ.

"12،000 ޓަނުގެ ބޯޓުގެ ދަތުރުތައް މިހާރު ވަނީ ފެށިފައި. އަދި އޮޕަރޭޝަނަށް ކުރިއަށް ވުރެ ހުސްވުމެއް ނެތި ސިމެންތި ގެނައުމަށް ބޯޓުގެ ސަބަބުން އެހީތެރިވެދޭނެ،" ވިލާ ހަކަތައިގެ އޮފިޝަލެއް ވިދާޅުވި އެވެ.

"މި ލިބުނު ފަސޭހަތަކާއެކު ސިމެންތި ރީޓެއިލް އަދި ހޯލް ސޭލްކޮށް ވިއްކާ އަގުތަކަށް ވަނީ ހެޔޮ ބަދަލެއް ގެނެސްފައި"

ތިލަފުށީގައި ވިލާ ހަކަތައިގެ ބޮޑު ސިމެންތި ކާރު ހާނާއެއް ހިންގާއިރު، އެ ތަނުން ޕެކްކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ސިމެންތި އަކީ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ، ރާއްޖޭގެ މާހައުލަށް ފެތޭ ގޮތަށް އަދި ގިނަ ދުވަހަށް ބޭނުންކުރެވޭ ސިމެންތި ބްރޭންޑެއް ކަމަށް އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ފާހަގަކުރެ އެވެ.

ސިމެންތީގެ އިތުރުން، ވިލާ ސިމެންތި ޕެކް ކުރާ ކޮތަޅަކީ ރާއްޖޭގެ މޫސުމަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ، ފެނާއި އުދާހުން އެތެރޭގައި ހުންނަ ސިމެންތި ރައްކާ ކޮށްދޭ ކޮލިޓީ މޮޅު ކޮތަޅެކެވެ. އަދި އެހެން ސިމެންތި ބްރޭންްޑްތަކާއި ހިލާފަށް އެ ޕެކިންގެ ސަބަބުން ސިމެންތި ގަނޑުވުން ފަދަ ކަންކަމުން ސަލާމަތް ކޮށްދެ އެވެ.

ވިލާ ހަކަތައިން ސިމެންތި އޯޑަރު ކުރުމަށް އެ ކުންފުނީގެ 3327811، 7236464 އަށް ގުޅާށެވެ. ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން އޯޑަރު ކުރެވޭނެ އެވެ.

މާލެ އާއި ހުޅުމާލެ އަދި ތިލަފުށްޓަށް ސިމެންތި ޑެލިވަރީ ކުރުމުގެ ހިދުމަތް ވިލާ ހަކަތަ އިން ދޭނެ އެވެ.

ވިލާ ހަކަތަ އަށް 22 އަހަރު ވެގެން ދިޔައިރު، އެ ކުންފުންޏަކީ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތް ހޯދައި ދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނީގެ އެކި ޕްރޮޑަކްޓް ތަކުން ސޭލްތައް އަޅުވައި، ހެޔޮ އަގުގައި ކަސްޓަމަރުންނަށް ޕްރޮޑަކްޓްތައް ލިބޭނެ މަގު ފަހި ކޮށްދިނުން ފަދަ ގިނަ ކަންކަން ކުރެ އެވެ.