ވިލާ ހަކަތަ

ސާއިދު މިފަހަރު ޕްލެއިން ސޮލެއިލް އާއި އެކު

ވިލާ ޓްރޭޑިންގް އިން މިވަގުތު ސަޕްލައި ކުރާ ތަފާތު އެކިއެކި ފައިދާހުރި ބްރޭންޑްތަކުގެ ތެރެއަށް އާ ބްރޭންޑް އެއް ކަމަށްވާ ''ޕްލެއިން ސޮލެއިލް'' ވަނީ ތައާރަފް ކުރެވިފަ އެވެ. 1999 ވަނަ އަހަރު އުފެދިގެން އައި ޕްލެއިން ސޮލެއިލް ބްރޭންޑް އަކީ ލެބަނޮންގެ ކާތަކެތި އުފައްދާ ސިނާޔަތުގައި މިވަގުތު އެންމެ މަގްބޫލު އެއް ބްރޭންޑް އެވެ. މިއީ ފުޅާ ދައިރާއެއްގައި ކާބޯތަކެތީގެ އެކި ބާވަތްތައް އުފައްދަމުން އަންނަ ކުންފުންޏެކެވެ.

މީގެ ތެރޭގައި ގަނޑުކުރި ތަރުކާރި، އެޕެޓައިޒާސް، ދަޅުގައި ހުންނަ ކާނާ، ތަފާތު ސޯސްތައް، ތަރުކާރީ ތެޔޮ، އަދި ޑެއިރީ ކާނާގެ އިތުރުންވެސް ތަފާތު ވައްތަރުގެ ކާނާ އުފައްދައެވެ. މި ހުރިހާ ކާބޯތަކެއްޗެއްވެސް އުފައްދާފައި ވަނީ ގުދުރަތީގޮތުން އެންމެ ތާޒާހުރި އިންގްރީޑިއެންޓްސް ބޭނުންކޮށްގެންނެވެ. ޕްލެއިން ސޮލެއިލް އަކީ ދުނިޔޭގެ 8 ގައުމެއްގައި ފުޅާ ދާއިރާއެއްގައި ހަރާތްތެރިވެ ތަކެތި ވިއްކާ ކުންފުންޏެކެވެ. އަދި މިއީ ގަނޑުކުރި ކާނާ ވިއްކާ ކުންފުންޏަކަށް ބަލާފައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ކުންފުންޏެކެވެ.

ދާދި ފަހުން ވިލާ ޓްރޭޑިންގްއިން ވަނީ ރާއްޖޭގެ އެންމެ ބާރަށް ދުވާ ދުވުންތެރިޔާ، ހަސަން ސާއިދުއާއި އެކު މި ބްރޭންޑުގެ ބައެއް ކާބޯތަކެތީގެ އިސްތިހާރެއްވެސް ކުޅެފައެވެ. އަދި މި އިސްތިހާރު ތައްޔާރު ކުރުމުގައި ހުޅުމާލެ ބީޗުގައި ކުޑަކުދިން ހިމެނޭގޮތަށް ޟޫޓުކުރުމުގެ ސަބަބުން ބެލުންތެރިންނަށް މަޖާ އަދި ބަލާލަން ހިތްގައިމު ގޮތެއް ހުރައެވެ. ޕްލެއިލް ސޮލެއިލްގެ އުފެއްދުންތައް ބޭނުންކޮށްގެން ސިއްހަތަށް ފައިދާހުރި ކާނާ އަދި ސްމޫތީ ފަދަ އެއްޗެހި ފަސޭހައިން ތައްޔާރުކޮށްލެވޭނެއެވެ.

މި އިސްތިހާރުން ފެނިގެންދަނީ ޕްލެއިން ސޮލެއިލްގެ ގަނޑުކުރި މިކްސްޑް ބެރީސް ބޭނުންކޮށްގެން ސްމޫތީއެއް ތައްޔާރުކުރާ ތަނެވެ. މި ސްމޫތީ އަކީ ސާއިދުގެ ކަސްރަތުކުރުމުގައި ހަކަތައާއި ވަރު ޖެއްސުމުގެ ގޮތުން ބޯ ސްމޫތީއެކެވެ. މިކްސްޑް ބެރީސް ބޭނުންކޮށްގެން ތައްޔާރުކުރެވޭ މި ސްމޫތީއަކީ ތައްޔާރުކޮށްލަން ފަސޭހަ އަދި ރަހަ މީރު ސްމޫތީއެކެވެ.

ގަނޑުކޮށްފައި ހުންނަ އެޕެޓައިޒާސް އިން ފެށިގެން ގޮސް ގަނޑުކުރި ތަރުކާރީފަދަ ތަފާތު އެބާވަތްތައް ހުރުމުގެ ސަބަބުން ޕްލެއިން ސޮލެއިލް އަކީ ހުރިހާ އުމުރުފުރައަކަށްވެސް ހިތްގައިމު ބްރޭންޑްއެއްކަން އިސްތިހާރުން ދައްކުވައިދެއެވެ. ޕްލެއިން ސޮލެއިލް އަކީ މިވަގުތު ވަރަށްވެސް އަވަހަށް ދައުރުވާ، ކަސްޓަމަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ.