ވިލާ ހަކަތަ

ވިލާމާޓްގެ ފަސްވަނަ ފިހާރަ ހުޅުވައިފި

Oct 29, 2023

ރާއްޖޭގައި ފުޅާދާއިރާގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރަމުން އަންނަ ވިލާ ޓްރޭޑިންގެ ވިލާމާޓްގެ ފަސް ވަނަ ފިހާރަ މާލޭގެ ހެންވޭރު ކާސިންޖީ މަގުގައި ހުޅުވައިފި އެވެ.

ވިލާމާޓް އިން އަލަށް ހުޅުވި މި ފިހާރައިން އެ ކުންފުނީގެ މައިގަނޑު ވިޔަފާރީގެ ގޮތުގައި ފާހަގަކޮށްލެވޭ ޕްރޮޑަކްޓްތައް ހެޔޮ އަގެއްގައި ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އޭގެ ތެރޭގައި ކޮސްމެޓިކްސް އާއި އެހެނިހެން ހައުސް ހޯލްޑް އައިޓަމްތައް ހިމެނެއެވެ. މީގެ އިތުރުން ކޮލިޓީ ރަނގަޅު ކާނާ އާއި ބުއިންތައްވެސް ލިބޭނެކަން ވިލާމާޓުން ފާހަގަކުރެ އެވެ.

ވިލާ ޓްރޭޑިންގެ ދަށުން ހިންގާ ވިލާމާޓްގެ ފިހާރަތަކަކީ ރީޓެއިލް އައުޓްލެޓްތަކެކެވެ. ވިލާމާޓްގެ ފަސްވަނަ ފިހާރައާއެކު އެ ކުންފުނީގެ ހަތަރު ފިހާރެއް މާލޭގައި ހިންގަމުންދާއިރު ހުޅުމާލެ ފޭސް ދެއެއްގައި ބޮޑު ފިހާރައެއް ދަނީ ހިންގަމުންނެވެ.

ވިލާ މާޓްއިން ބުނި ގޮތުގައި އެ ފިހާރައިގެ އަމާޒަކީ ޕްރޮޑަކްޓްތައް ކަސްޓަމަރުން އެންމެ ބޭނުންވާ މިންގަނޑާއި އެއްގޮތަށް ފޯރުކޮށްދޭ ޑިސްޓްރިބިއުޓާރުންގެ ތެރޭގައި ހިމެނުމެވެ.

ވިލާ މާޓްއިން މިހާރު ވަނީ އެންމެންނަށްވެސް ވިޔަފާރީ ކުރެވޭނެ ގޮތަށް ފަސޭހަކޮށްދީފަ އެވެ. މިގޮތުން ވެބްސައިޓް ނޫނީ އެޕްލިކޭޝަން މެދުވެރިކޮށް އެ ކުންފުނިން ވިއްކާ ހުރިހާ ޕްރޮޑަކްޓްތައް ބަލާލެވޭއިރު، އޮންލައިންކޮށް ޝޮޕިން ކޮށްލުމުގެ އިތުރުން، ޑެލިވަރީ ހިދުމަތްވެސް ދެމުންގެންދާކަން ފާހަގަކޮށްލެވެ އެވެ.

ޖެނެރަލް ޓްރޭޑިން އަށް ހާއްސަކޮށް މި ކުންފުނި އުފެދުނީ ޖެނުއަރީ 13، 2021 ގަ އެވެ.