ވިލާ ގްރޫޕް

ވިލާގެ ވޯލްޑް ކަޕް ކެމްޕޭން "މަވެސް ބަލަން" މާދަމާ ފަށަނީ

ވިލާ ޓްރޭޑިން އަދި ވިލާ ހަކަތަ ގުޅިގެން "މަވެސް ބަލަން"ގެ ނަމުގައި ފީފާ ވޯލްޑް ކަޕަށް ހާއްސަކޮށްގެން ކެމްޕޭނެއް ފަށަން ނިންމައިފި އެވެ.

މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މާދަމާ ގަތަރުގައި ފަށާ ވޯލްޑްކަޕާ ގުޅުވައިގެން މާދަމާ އިން ފެށިގެން އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކެމްޕޭން ކުރިއަށްދާ މުއްދަތުގައި ވިލާގެ ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.

އެގޮތުން ވިލާ މާޓުންނާއި ވިލާ ހަކަތައިން ވިޔަފާރިކުރާ ކޮންމެ މީހަކަށް ވެސް މި ކެމްޕޭންގެ ދަށުން ދޫކުރާ ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ.

ލަކީ ޑްރޯއިން އެއްވަނައަށް ހޮވޭ ކަސްޓަރަމަރަކަށް އެންމެފަހުގެ އައިފޯން 14 ޕްރޯ މެކްސްއެއް ލިބެ އެވެ. ދެވަނައަށް ހޮވޭ މީހަކަށް އިތުރު މީހަކާ އެކު ރިސޯޓު ދަތުރެއް އަދި ތިން ވަނައަށް ހޮވޭ މީހަކަށް ވިލާގެ ޑިސްކައުންޓު ވައުޗަރެއް ވެސް ލިބެ އެވެ

ވިލާ ހަކަތަ އާއި ވިލާ މާޓުން ގެންދަނީ ވޯލްޑް ކަޕާ ދިމާކޮށް ސޯޝަލް މީޑިއާގައި ފޮޓޯ ޗެލެންޖެއް ވެސް ކުރިއަށް ގެންދަމުންނެވެ. މި ޗެލެންޖުން ވަނަތައް ހޯދާ ފަރާތްތަކަށް ގިފްޓު ހެމްޕަރު ދިނުމަށް ހަމަޖެހިފައިވެ އެވެ.

ކެމްޕޭން ކުރިއަށްދަ ދުވަސްވަރު ވިލާ މާޓުން ވިއްކާ ޓޯނީސް ޗޮކްލެޓުންނާއި ގާޑެންސް ބްރޭންޑުގެ ޖޭމުން ޑިސްކައުންޓް ވެސް ލިބެ އެވެ.

ވޯލްޑް ކަޕްގެ މެޗުތަކުގެ ސްކޯޝީޓެއް ވިލާ ހަކަތަ އަދި ވިލާ މާޓުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވެ އެވެ.

މި ޕްރޮމޯޝަނާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ މީހުންނަށް ވިލާގެ ސޯޝަލްމީޑިއާ ޕޭޖުތަކުން ލިބެން ހުންނާނެ އެވެ.