ވިލާ ހާޑްވެއާ

ވިލާ ހާޑްވެއާ ފަށައިފި، ކޮލިޓީ ބްރޭންޑްތައް ހެޔޮ އަގުގައި ލިބޭނެ

Oct 24, 2022
1

ވިލާ ހަކަތައިން ހާޑްވެއާ ވިޔަފާރި އަށް ވަދެ، ކޮލިޓީ ބްރޭންޑްތައް ހެޔޮ އަގުގައި ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ވިލާ ހަޑްވެއާ ފަށާފައިވަނީ މަސައްކަތްތެރިންގެ އިތުބާރު ހޯދާފައިވާ ކެޓަޕިލާ ޕަވަޓޫލްސް އާއި ހައި ކޮލިޓީ ކޭސިން އާއި ކޮންޑިއުޓް ހޮޅި އާއި އިތުރު އާންމު ހާޑްވެއާގެ ގިނަ ޕްރޮޑަކްޓްތަކާއި އެކުގަ އެވެ. މީގެ އިތުރުން މެލޭޝިއާ ފްލައިވުޑް، މެރިން ފްލައިވުޑް، ކޮމާޝަލް ފްލައިވުޑް އަދި ފިލްމް ފޭސްޑް ފްލައިވުޑް ވިލާ ހާޑްވެއާ އިން ވަނީ ރާއްޖޭގެ ބާޒާރަށް ނެރެ، ކަސްޓަމަރުންގެ އިތުބާރު ހޯދާފަ އެވެ.

މެލޭޝިއާ އާއި ޗައިނާގެ މެރިން އަދި ފިލްމް ފޭސްޑް ފްލައިވުޑާއި، ރާއްޖޭގެ ބާޒާރުގައި ނަން ހިނގާ އެތައް ޕްރޮޑަކްޓެއް ވިލާ ހާޑްވެއާ އިން މިހާރު ލިބޭނެ އެވެ.

"އަޅުގަނޑުމެން ހާޑްވެއާ ވިޔަފާރި ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ މަސައްކަތްތެރިންނަށް ހެޔޮ އަގެއްގައި، އިތުބާރު ލިބިފައިވާ މަޝްހޫރު ބްރޭންޑްތައް ފޯރުކޮށްދިނުން،" ވިލާ ހާޑްވެއާގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެގޮތުން ވިލާ ހާޑްވެއާ އިން ވަނީ އެމެރިކާގެ މަޝްހޫރު ކެޓަޕިލާ ބްރޭންޑްގެ ޕަވަޓޫލްސް ރާއްޖެއަށް އެތެރެކޮށް ވިއްކަން ފަށައިފަ އެވެ. އަދި މި ބްރޭންޑްގެ ގިނަ ސާމާނު މިހާރު ވިލާ ހާޑްވެއާ އިން ލިބެން އެބަހުއްޓެވެ.

ދުނިޔޭގެ މާކެޓުގައި ވެސް އިތުބާރު ހޯދާފައިވާ ކެޓަޕިލާ ޕަވާ ޓޫލްސްގެ ވަރަށް ގިނަ ސާމާނު ހެޔޮ އަގުގައި ވިލާ ހާޑްވެއާ އިން ލިބެން އެބަހުއްޓެވެ.

މި ޓޫލްސްތަކާއި އެކު މިހާރު ރާއްޖޭގެ މާކެޓުގައި އާންމު ޕަވަޓޫލްސް ތަކުގެ އެސަސަރީސް ބޭނުން ކުރެވޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެހެންކަމުން އަލަށް އެ ބްރޭންޑަށް ބަދަލުވާން ބޭނުންވާ ނަމަވެސް ކުރީގެ އެސަސަރީސް ބޭނުން ކުރެވުމަކީ މަސައްކަތްތެރިންނަށް ލިބޭ ވަރަށް ބޮޑު ލުޔަކަށް ވާނެ އެވެ.

މީގެއިތުރުން ހައި ކޮލެޓީ އެކި ސައިޒުގެ ކޭސިން މިހާރު ވިލާ ހާޑްވެއާ އިން ލިބެން އެބަހުއްޓެވެ. މީގެތެރޭގައި ކޮމްޕާޓްމަންޓް ޓްރަންކިންގެ އާއި ފްލޯ މަތީގައި ކޭބަލް އަޅާއިރު ރައްކާތެރިކޮށް ބެހެއްޓުމަށް ބޭނުންކުރާ ކާޕެޓް ޓްރަންކިން ހިމެނެ އެވެ.

ވިލާ ހާޑްވެއާ އިން ވިއްކާ ކޮންޑިއުޓް ހޮޅީގެ ތެރޭގައި އާންމު ގޮތެއްގައި އިމާރާތްތައް ހަދާއިރު ކޮންކްރީޓްގެ ތެރެއިން ނަރު އެޅުމަށް ބޭނުންކުރާ ހަރު ހޮޅީގެ އިތުރުން ސީލިންގް މަތިން ނުވަތަ ސިމެންތި ޖަހާއިރު އޭގެ އެތެރެ އިން ނަރު ދައުރު ކުރުމަށް އާންމުކޮށް ބޭނުންކުރާ ކޮރެގޭޓެޑް ކޮންޑިއުޓް ނުވަތަ ކޮންޑިއުޓް މަޑު ހޮޅި ވެސް ލިބެން އެބަހުއްޓެވެ.

"ކޮންޑިއުޓް ހޮޅިއަށް ބޭނުންވާ ފިޓިންގްސް ވެސް މިހާރު އަޅުގަނޑުމެން އެބަ ވިއްކަން. މިއީ ހޮޅި އެކޭ އެއް ފެންވަރަކަށް ތައްޔާރުކޮށްފައިވާ، ކޮލެޓީ ފިޓިންގްސް،" އޮފިޝަލް ވިދާޅުވި އެވެ.

ވިލާ ހާޑްވެއާ އިން ވިއްކާ ފްލައިވުޑްގެ ތެރޭގައި މެލޭޝިއާ އާއި ޗައިނާގެ ފިލާ ހިމެނެ އެވެ. ތިން އެމްއެމް އިން ފެށިގެން 18 އެމްއެމް އާއި ދެމެދުގެ ބޯ މިނުގެ ފްލައިވުޑް ހިމެނެ އެވެ. މީގެތެރޭގައި ހައި ކޮލިޓީ ފިލްމް ފޭސްޑް ފްލައިވުޑް ވެސް ހިމެނެ އެވެ.

ކުރިއަށް އޮތް ތަނުގައި ކޮލިޓީ އިތުރު ޕްރޮޑަކްޓްތައް ހެޔޮ އަގުގައި ރާއްޖޭގެ ބާޒާރަށް ނެރޭނެ ކަމަށާއި، އަމާޒަކީ މެދުކެނޑުމެއް ނެތި ޕްރޮޑަކްޓްތައް ދިވެހި މަސައްކަތްތެރިންނަށް ފޯރުކޮށްދިނުން ކަމަށް ވިލާ ހާޑްވެއާ އިން ބުނެ އެވެ.

ކޮލިޓީ ގިނަ ޕްރޮޑަކްޓްތަކެއް ބާޒާރަށް ނެރެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ފޯރުކޯށްދެމުން އަންނަ ވިލާ ހާޑްވެއާ އިން، ކެޓަޕިލާ ޕަވަ ޓޫލްސްގެ އިތުރުން އާންމުކޮށް މަސައްކަތްތެރިންނަށް ބޭނުންވާނެ އާންމު ހާޑްވެއާގެ ގިނަ ބާވަތްތައް ލިބެން ހުރެ އެވެ. ޕްރޮޑަކްޓްތަކާއި ގުޅޭ ގޮތުން އެ ކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓް ތަކުގެ އިތުރުން 7211333 ނަންބަރަށް ވައިބާ ކޮށްގެން ވެސް މައުލޫމާތު ލިބޭނެ އެވެ. އަދި [email protected] އަށް އީމެއިލް ކުރުމުން ވެސް މައުލޫމާތު ލިބޭނެ އެވެ.