ހަބަރު

ރާއްޖެ ގެނައި ތިން ޕާރްސަލަކުން މަސްތުވާތަކެތި އަތުލައިފި

Feb 17, 2019

ކްރިއާ މެދުވެރިކޮށް ނެދަލެންޑުން ރާއްޖެ ގެނައި ތިން ޕާރްސަލަކުން މަސްތުވާތަކެތި އަތުލައިފި އެވެ.

ކަސްޓަމްސް އިން ބުނީ މި މަހުގެ 11 ވަނަ ދުވަހު ހިފެ ހެއްޓި އެ ތިން ޕާރްސަލް ބަލައި ފާސްކުުރި އިރު އެއް ޕާރުސަލްގައި އެމްޑީއެމްއޭ ނުވަތަ އެކްސްޓަސީގެ 50 ގުޅަ އާއި އަދި އެލްއެސްޑީ ކަމަށް ޝައްކުކުރެވޭ 10 ސްޓިކާ ފެނުނު ކަމަށެވެ.

ދެވަނަ ޕާރުސަލް ތެރޭގައިއެކްސްޓަސީގެ 21 ގުޅަ އޮތް އިރު ތިން ވަނަ ޕާރުސަލް ތެރޭގައި 19 ގުޅަ އެކްސްޓަސީ ފެނުނެވެ.

މި ތިން ހާދިސާގައި އަތުލި އެކްސްޓަސީގެ 43 ގްރާމާއި އެލްއެސްޑީ 10 ސްޓިކާގެ މައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅާފަ އެވެ.