ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"މަސްދޯނި އެކައުންޓް" އިފްތިތާހު ކޮށްދެއްވަން ރައީސް ހުވަދުއަތޮޅަށް

"މަސްދޯނި އެކައުންޓް" އިފްތިތާހު ކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ގއވިލިނގިއްޔަށާއި، ކޫއްޑޫއަށް ފުރާ ވަޑައިގެނެފި އެވެ.

މަސް ދޯނި އެކައުންޓަކީ، މަސްވެރިންނަށް ހާއްސަށް ކޮށްގެން ސަރުކާރުން ގާއިމްކުރާ ބޭންކިން ނިޒާމެކެވެ. އަދި މިއީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. މި ނިޒާމުގެ ދަށުން ރަށަށް ވަންނަ ފައިސާ ރަށުގައި ޖަމާކޮށް ނެގޭނެ ވަސީލަތްތަށް ގާއިމް ކުރެވިގެންދާނެ އެވެ.

ރައީސްގެ މިދަތުރުފުޅު ގައި ގއ. އަތޮޅު ކައުންސިލް ވިލިނގިލި ކައުންސިލް އަދި ވިލިނގިލީ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިދަތުރުފުޅު ނިންމާލުމަށްފު ރައީސް މާލޭ ވަޑައިގަންނަވާނީ މިރޭގެ ވަގުތެއްގަ އެވެ.