ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

އެސްއެމްއީ ބޭންކުން "ކަނޑުފަޅުގެ ނަފާ" ލޯނަށް ހުޅުވާލައިފި

ފިޝަރީޒް ޑިވޮލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން އެސްއެމްއީ ބޭންކުން ދޫކުރާ "ކަނޑުފަޅުގެ ނަފާ" ލޯނަށް އެދުމުގެ ފުރުސަތ ހުޅުވާލަައިފި އެވެ.

ކަނޑުފަޅުގެ ނަފާ ލޯނުގައި ދޫކުރަނީ ޖުމްލަ 3,084,000.00 ރ. އެވެ. މި ލޯނަށް ހުޅުވާލި އިރު މަސް ދޯނި ފަހަރުގައި ލޮނު ފެނުން މަސްފިނިކުރާ ނިޒާމް ގާއިމްކުރުމަށް ލުއި ލޯނު ދޫކުރަން ފެށުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދެކެވެ.

އެސްއެމްއީ ބޭންކް މެދުވެރިކޮށް ދޫކުރާ މި ލޯނަކީ ރާއްޖޭގެ އަތޮޅުތަކުގައި ގާއިމްކޮށްފައިހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީ އާއި އައިސް ހޯދަން ކުރަންޖެހޭ ހޭދަ ކުޑަކޮށް މަސްވެރިން ބާނާ މަސް ގިނަވަގުތު ތާޒާކަންމަތީ ރައްކާތެރިކޮށް ދިނުމުގެ ބޭނުމުގައި ދޫކުރާ ލޯނެކެވެ.

ކަނޑުފަޅުގެ ނަފާ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ އަންނަ މެއި 26 ވަނަ ދުވަހާ ހަމައަށެވެ. ލޯނާބެހޭ އިތުރު މައުލޫމާތު ފިޝަރީޒް މިނިސްޓްރީންނާއި، އެސްއެމްއީ ބޭންކް، އެސްޑީއެފްސީ އިން ލިބެއެބެ.

މިމަހު 19 ވަނަ ދުވަހު އެސްއެމްއީ ބޭންކުންވަނީ ދަނޑުވެރިކަމަށް ހާއްސަ ކޮށްގެން "ދަނޑުވެރި ނަފާ" ލޯނު ދޫކުރަން ވެސް ފަށައިފަ އެވެ.