ހަބަރު

ޑިފެންސް މިނިސްޓްރީގެ ނައިބަކަށް ބޭފުޅަކު އައްޔަންކޮށްފި

ޑިފެންސް މިނިސްޓްރީގެ ނައިބުގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ޑިފެންސް މިނިސްޓްރީގެ ނައިބުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މައްޗަންގޮޅީ މާވެޔޮ ވިލާ، ހަސަން ޒަމީލު އެވެ.

ޒަމީލަކީ، ގާނޫނީ ދާއިރާއިން މާސްޓާސް ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. މީގެ ކުރިން ޒަމީލު ވަނީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްގެ މަގާމާއި އާޓްސް އެންޑް ކަލްޗަ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ކަން އަދާކުރައްވާފަ އެވެ.