ހަބަރު

ދިވެހިން އެއްބައިވަންތަ ކޮށްދެނީ ދިވެހި ބަސް: ރައީސް

Feb 21, 2019
3
ރައީސް އިއްޔެ ކޫއްޑޫއަށް ވަޑައިގެން ރައްޔިތުންނާ ސަލާމް ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ދިވެހިންގެ ސުލްހަ މަސަލަސްކަމާއި އެއްބައިވަންތަކަން ގާއިމުކޮށްދެނީ ދިވެހި ބަހުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިއަދަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ މާދަރީ ބަހުގެ ދުވަހެވެ.

މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ މަރުހަބާއާ ތަހުނިޔާ ދަންނަވާފަ އެވެ. އަދި ދިވެހިންގެ ތަރައްގީއާ ސުލްހަ މަސަލަސްކަމާއި އެއްބައިވަންތަކަން ގާއިމުކޮށްދެނީ ދިވެހި ބަހުން ކަމަށެވެ.

މާދަރީ ބަހުގެ ދުވަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އަންނަނީ ކުލަގަދަކޮށް ފާހަގަ ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ގިނަ ސުކޫލް ތަކެއްގައި މިއަދު ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910