ހަވީރު ސަޔާއެކު އަދިވެސް ހަމަ ރަނގަޅީ "ކްރީމް ކްރޭކަރު" ބިސްކޯދެވެ. ގިނަ ގޭގޭގައި ވެސް ކަނީ މި ބިސްކޯދެވެ. ސައި ހޮޓާތަކަށް ވަންނަ ގިނަ މީހުންގެ ފުރަތަމަ ވެސް ބުނާނީ ބިސްކޯދު ބޮނޑިއެއްދޭށޭ އެވެ. ސަބަބަކީ ކަޅު ސަޔާއި ބިސްކޯދުގެ ރަހައަށް އާދަވެފައި ހުރުމެވެ. އެއީ ޒަމާންވީ އާދައެކެވެ. އެހެންވެގެން ހަމަ ކެވެނީ އެވެ. ސައި ހޮޓަލަށް ވަދެ "ކަޅަކާއި ފްލައިވުޑާ" ގެންނާށޭ ބުނުމުން ގިނަ ވޭޓަރުންނަށް އެނގެނީ ވެސް އެހެންވެ އެވެ.
މިކަމަށް ދުރާލައި ތައްޔާރުވެ ގިނަ ސައި ހޮޓާތަކުގައި ޖޫސް ޕެޓީ ކޮތަޅުގައި ބިސްކޯދު ބަންދުކޮށްފައި ހުންނަނީ ވެސް އެހެން ވެގެނެވެ. މި ބިސްކޯދުގެ ވާހަކަ ދައްކަންޖެހޭ ހިސާބަކީ މިއީ އެވެ. ޖޫސްޕެޓީ ކޮތަޅުގައި ބަންދުކޮށްފައި ހުނަން ބިސްކޯދަކީ ރައްކާތެރި އެއްޗެއް ހެއްޔެވެ؟ އަދި ޑަބިޔާ ބިސްކޯދު ބަންދުކޮށްގެން ވިއްކުމުން ވިޔަފާރީގައި ގެއްލުންވޭ ހެއްޔެވެ؟
އަތްތިލައިގެ މިލަ ބިސްކޯދުގައި!
މި ދެން ވަރަށް ސިމްޕަލް ކަމެއްގެ ގޮތުގައި ބެލިދާނެ އެވެ. އެކަމަކު މިކަމުގެ ހަގީގީ މައްސަލަ ވަރަށް ބޮޑެވެ. ސިކުނޑި ބޮޑަށް ހުޅުވާލައި ވިސްނާލާއިރު ފެންނާނީ މި މަންޒަރެވެ. ފުރަތަމަ މައްސަލަ ކުރިމަތިވަނީ ޑަބިޔާއެއްގައި ހުންނަ ހުރިހާ ބިސްކޯދެއް ނަގައި، ވަކިވަކިން ތިން ބިސްކޯދުން ތިން ބިސްކޯދުން ބަންދު ކުރާ ހިސާބުންނެވެ. މިގޮތަށް ބަންދު ކުރާއިރު ކުރިމަތިވާނެ އެންމެ ބޮޑު އެއް މައްސަލައަކީ "ހައިޖިން" ނުވަތަ އަތް ބިސްކޯދުގައި ތަކުރާރުކޮށް ހޭކުމުން ކުރިމަތިވެދާނެ ސިއްހީ މައްސަލަކެ އެވެ.
އެންމެ ބޮޑު އެއް މައްސަލައަކީ ސާފު ތާހިރު ކަމެވެ. މަސައްކަތުގައި އުޅޭނީ ބިދޭސީއެކެވެ. އޭނާ ކޮތަޅުގައި ބަންދު ކުރާ އިރު އަތުގައި ހުންނަ ތެތްކަން ބިސްކޯދުގައި ހޭކުމުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތައް ހުރެ އެވެ. އެއްކަމެއް ނުވިޔަސް އަތުމިލަ ބިސްކޯދުގައި ހޭކެ އެވެ.
ބިސްކޯދު ފިހެފައި ހުންނައިރު ވަކި މިންވަރަކަށް ތެޔޮ އަޅާފައި ހުރެ އެވެ. ހާއްސަކޮށް ޑަަބިއާ ބިސްކޯދުގައި ތެޔޮ ވަރަށް ގިނަ ވާނެ އެވެ. އެކަން އެނގޭނީ ޑަބިއާ ހުސްވުމުން އޭގެ ފޫ ބަލައިލުމުންނެވެ. މިހެންވުމުން މި ތެލާއި ބަންދު ކުރާ މީހާގެ އަތުގައި ހުންނަ ތެތްކަން އެކުވެ ބަންދުކޮށްފައި ހުންނަ ބިސްކޯދުގައި ހޭކުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިކަމަކީ ސިއްހީ ގޮތުން ބަލާއިރު ރައްކާތެރިކަމެއް ނޫނެވެ.
ވިޔަފާރީގައި ގެއްލުން!
ދެން އޮތީ ވިޔަފާރީގެ ސައިޑެވެ. ބިސްކޯދު ބަންދު ކުރަން ޖޫސްޕެޓީ ކޮތަޅު ގަންނަން ޖެހޭނެ އެވެ. އަދި މި ބަންދު ކުރަން ވަކި ވަގުތަކަށް ހާއްސަކޮށް މީހަކު ހާއްސަ ބަހައްޓަން ޖެހޭނެ އެވެ. ވަގުތަކީ ވެސް ފައިސާ އެވެ. އެކަމަށް މީހަކު ހާއްސަކުރަން ޖެހުމަކީ ބޭކާރުވާ ފައިސާ އެވެ.
އަނެއް މައްސަލައަކީ ޑަބިއާ ބިސްކޯދުގައި ފުޑު ބިސްކޯދު ގިނަވުމެވެ. މިއީ "ވޭސްޓޭ" ބުނެވިދާނެ އެވެ. ބިސްކޯދު ޑަބިއަލެއް ގަނެގެން އެ ބަންދުކޮށްފައި ޑަބިއާގެ ފޫ ބަލާއިރު ފުލުގައި ހުންނަ ފުނޑު ބިސްކޯދު ވަރަށް ގިނަ ވާނެ އެވެ. މިއީ ފައިސާގެ ގޮތުން ބަލާނަމަ ގެއްލުމަކަށްވާނެ އެވެ. މީގެ ހައްލަކީ ކޮބައި ހެއްޔެވެ؟
ހައްލަކީ ޕާފެކްޓް ޑިޕް!
ޑަބިއާ ބިސްކޯދުގެ އެހެން މައްސަލަ އެކެވެ. މިކަން އެނގޭނީ ބިސްކޯދު ސައިތައްޓަށް ވައްޓާލައި ފޯކޮށްލައިގެން ސައި ބޯ މީހުންނަށެވެ. މީގެ ބިސްކޯދެއް ބިނދެ ނުލައި ސައިތައްޓަށް ވައްޓާލުމަކީ ފަސޭހަ ކަމެކެވެ. އާއްމުކޮށް ހުންނަ ކްރީމް ކޭކަރު ބިސްކޯދު ސައިބޯން ހުންނަ ތަށި ނުވަތަ ޖޯޑަށް ވުރެ ފުޅާވެފައި ސައިޒު ބޮޑުވުމެވެ. އެހެންވެ ސައިތައްޓަށް ޑިޕް ކޮށްލުމަށް ނުވަތަ ތަށިގެ ތެރެއަށް ވައްޓާލަން ޖެހޭނީ ބިންދެލާށެވެ. ބިންދާލުމުން ދެން ފެންނާނީ އެހެން މަންޒަރެކެވެ. މޭޒު މަތީގައި އޮންނާނީ ފުނޑު ބިސްކޯދެވެ. މީގެ ހައްލަކީ "ޕާކެޓް ޑިޕް ސައިޒް" ނުވަތަ ސައިޖޯޑަށް ހެޔޮވަރު ސައިޒްގެ ކްރީމް ކްރޭކަރު ހޯދުމެވެ.
މި ބިސްކޯދު ލިބޭނީ ކޮން ތަނަކުން ހެއްޔެވެ؟
ޑަބިއާ ބިސް ކޯދުން ކުރިމަތިވާ "އަން ހައިޖިން" މައްސަލަ އާއި ސައި ޖޯޑަށް ފިޓު ނުވުމުގެ މައްސަލައަށް ހައްލު ހޯދައި ދެނީ ޕިރަމިޑުންނެވެ. އެ ކުންފުނިން މި ވަނީ "ޕާކެޓް ޑިޕްސައިޒު" ގެ ކްރީމް ކްރޭކަރެއް ގެނެސްދީފަ އެވެ. އެ ކުންފުނިން ވިއްކާ މަންޗީޒް ކްރީމް ކުރޭކަރުގެ މަގުބޫލުކަން ވެސް މިހާރު އަންނަނީ އުފުލެމުންނެވެ.
ޕިރަމިޑުން ވަނީ "ޕާފެކްޓް ޑިޕް ސައިޒު" ގެ ބިސްކޯދު ތައްޔާރު ކުރުމަށްޓަކައި ރާއްޖޭގެ މާކެޓްގެ ދިރާސާއެއް ވެސް ހަދާފަ އެވެ. އެ ދިރާސާ އަށް ފަހު ސާފު ތާރިހުކޮށް ފެކްޓްރީގައި ހަތަރު ބިސްކޯދުން ބަންދުކޮށްގެން ވަނީ ގެނެސްފަ އެވެ.
މި ބިސްކޯދު ގިނަ ސައި ހޮޓާތަކުން ވަނީ ނަގަން ފަށާފަ އެވެ. ސައި ހޮޓާތަކުން ބުނެފައިވާ ގޮތުގައި މި ބިސްކޯދުގެ އެންމެ ރަނގަޅު އެއް ކަމަކީ މީރުވުމެވެ. މިއީ ހަމަ ކްރީމް ކްރޭކަރެވެ. ރީތި ޕެކިންގައި ހުންނަ ޕެކު އެ ކުންފުނީގެ ފިހާރައިން ލިބެ އެވެ.
މި ޕެކުތައް ބަންދުކޮށްފައި ހުންނަ ގޮތުން ދަތުރުދާ އިރު ދަބަހުގެ އަރިމައްޗަށް ވައްޓާލައިގެން ވެސް ދާންވީ އެވެ. އެހާ ސަޅި ޕެކިން އެކެވެ. އަނެއް ފައިދާއަކީ ވިޔަފާރީގެ މަންފާ އެވެ. ކުރިން ބަންދުކޮށްގެން ބިސްކޯދު ވިއްކި އަގުގައި މި ވެސް ވިއްކޭނެ އެވެ. ފައިދާއަކީ އަގު ހެޔޮވުމެވެ. އަދި ދެން އޮތް ޔަގީން ކަމަކީ ސާފު ތާހިރުކެމެވެ.
ޕާފެކްޓް ޑިޕް ޑިޕްސައިޒުގެ ބިސްކޯދު ވިއްކާ ޑޯން ކެފޭ އިން ވާހަކަ ދެއްކި ވޭޓަރަކު ބުނި ގޮތުގައި މިހާރު އާއްމު ބިސްކޯދަށް ވުރެ އާ ވައްތަރު މާ ވިކެ އެވެ.