ހަބަރު

ހިތަދޫ މަސްފެކްޓަރީގައި ރޯވެ އަނދައިފި

Mar 3, 2019
1

އައްޑޫ ހިތަދޫގައި ހިންގި މަސްފެކްޓްރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތަން އަނދާހުލިވއްޖެ އެވެ.

"އައްޑޫ ފްރެޝް" ނަމަކަށް ކިޔާ މަސްފެކްޓްރީގައި ރޯވެފައި ވަނީ މިއަދު އިރުއޮއްސެން އުޅެނިކޮށެވެ. މި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ސިފައިންނާއި އާންމުން ހަރަކާތްތެރިވި އެވެ. މިރޭ 8:30 އެހާކަންހާއިރު އެ އަލިފާންގަނޑު ނިންވާލެވުނު އިރު، އެ ފެކްޓްރީގައި ހުރި މުދާތައް ވަނީ އަނދާ ހުލިވެފަ އެވެ.

އެހެން ނަމަވެސް، އެ އަލިފާނުގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.