ހަބަރު

ޑްރަގް ވިޔަފާރި ކުރަމުންދިޔަ 17 މީހަކު ހައްޔަރުކޮށްފި

Mar 8, 2019
1

މާލޭގައި ޑްރަގް ބޭނުންކޮށް އޭގެ ވިޔަފާރި ކުރަމުން ދިޔަ 17 މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާލޭ ގަލޮޅުގައި ހުރި ގެއެއްގެ ތެރޭ މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރަމުންދާ ކަމުގެ މައުލޫމާތު އިންޓެލިޖަންސްއަށް ލިބުމާއެކު ޑްރަފް އެންފޯސްމަންޓް އިންޓެލިޖަންސްއާ ގުޅިގެން 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 18 އަހަރާއި 38 އަހަރާ ދެމެދުގެ ފިރިހެނުންނެވެ.

ކޯޓު އަމުރެއްގެ ދަށުން އެ މީހުންގެ މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ގެ ބަލާފާސްކޮށް އެތަކެތި އަޅާފައި ހުރި ކަމަށް ޝައްކު ކުރެވޭ ފިލްމް ހުސްކުރި ދަޅަކާއި 10 ސެލޯފިން ކޮޅާއި 164 ރަބަރު ޕެކެޓު ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.