ހަބަރު

ޑެޕިއުޓީ ޕީޖީ ނިހާޔަތު އިސްތިއުފާ ދެއްވައިފި

Mar 12, 2019
2

ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި މަރިޔަމް ނިހާޔަތު އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެގެ ވަގުތެއްގަ އެވެ. އެ މަގާމުން ނިހާޔަތު އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެ އެވެ.

ޑެޕިއުޓީ ޕީޖީގެ މަގާމަށް 2016 ވަނަ އަހަރުގެ ތެރޭގައި ނިހާޔަތު އައްޔަން ކުރީ، ދެ ޑީޕީޖީއިން ތިއްބަވާ ގޮތަށް ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހަކާ އެކު އެވެ. ނިހާޔަތަކީ ސިވިލް ކޯޓްގެ ގާޒީކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ނިހާޔަތު އިސްތިއުފާ ދެއްވުމުން ޑީޕީޖީގެ މަގާމުގައި މިހާރު ހުންނަވާނީ، މަހުމޫދު ސަލީމް އެކަންޏެވެ.