ވިޔަފާރި

ސަޓާ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

Mar 14, 2019

ދެކުނު އޭޝިއާގެ ޓޫރިޒަމް ވިޔަފާރިތަކަށް ހާއްސަކޮށް ބާއްވާ، ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އަށް ކުރިމަތިލާން ހުޅުވައިފި އެވެ.

ރާއްޖޭގެ ހައިރައިޒް ކުންފުނިން ކޮންމެ އަހަރަކު ދެކުނު އޭޝިއާ އަށް ހުޅުވާލައިގެން ބާއްވާ ސަޓާ އެވޯޑު މި އަހަރު އޮތީ ސްރީލަންކާގެ، ނިގަންބޯގަ އެވެ. ކުރިން މި އެވޯޑު ބާއްވާފައިވަނީ ލަންކާގެ މައުންޓްލެވީނިއާގެ އިތުރުން އިންޑިއާގެ މުމްބާއީ އާއި އައްޑު އަތޮޅުގަ އެވެ.

ސަޓާ އެވޯޑުގައި 37 ކެޓަރަގީއިން 10 ސެކްމެންޓަކުންދެ އެވެ. މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އެޕްރީލް 19 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. މި އެވޯޑަށް ނޮމިނޭޝަން ފޮނުވޭނީ ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް ވެބްސައިޓުންނެވެ.

ސަރަހައްދީ ފެންވަރުގައި ބާއްވާ އެންމެ ބޮޑު އެއް އެވޯޑު ކަމަށްވާ ސަޓާ އަށް ކޮންމެ އަހަރަކު ވެސް ގިނަ ބަޔަކު ކުރިމަތިލަ އެވެ. މިގޮތުން އެންމެ ފަހުން ފަހަރު މި އެވޯޑަށް 450 އަށްވުރެ ގިނަ ފަރާތްތުން ކުރިމަތިލާފައިވެ އެވެ.