ހަބަރު

ބަނގުރާ އުފައްދަން ތިބި 8 ބިދޭސީއަކު ހައްޔަރުކޮށްފި

Mar 18, 2019
3

މާލޭގައި ބަނގުރާ އުފައްދައި ވިޔާފާރި ކުރި ކަމުގެ ތުހުމަތުގައި އަށް ބިދޭސީއަކު މިރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނި ގޮތުގައި އެ ބިދޭސީން ހައްޔަރުކޮށްފައިވަނީ މައްޗަންގޯޅި ގެއެއްގެ ތެރޭގައި ދިރިއުޅޭ ބަޔަކު ބަނގުރާ އުފައްދައި ބަނގުރަލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ.

މި އޮޕަރޭޝަންގައި އެ ގެ ބަލާފާސްކޮށް ބަނގުރާ ކަމަށް ޝައްކު ކުރެވޭ ދިޔާ އެއްޗެއް އަލާފައި ހުރި 500 އެމްއެލްގެ 888 ޕްލާސްޓިކް ފުޅި އާއި ފަސް ލީޓަރުގެ ހަ ޕްލާސްޓިކް ފުޅި އާއި 14 ޓައްޕު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މައްސަލާގައި ހައްޔަރުކޮށްފައިވަނީ މުޅިން ވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. އެއީ 21 އަހަރާއި 33 އަހަރާ ދެމެދުގެ ފިރިހެނުންނެވެ.

ރޭ ވެސް މަސްތުވާތަކެތި ބޭނުން ކުރަން ތިބި ބިދޭސީންތަކެއް ކާރެއްގެ ތެރެއިން ހައްޔަރުކޮށްފައިވެ އެވެ.