ވިޔަފާރި

އެމްބްރެއާ މަތިންދާ ބޯޓް ވިއްކަން ރާއްޖޭގައި ޓުއާއެއް ދީފި

Mar 19, 2019
6

ދުނިޔޭގެ މަތިންދާ ބޯޓް ބަނދެ އުފައްދާ މަޝްހޫރު އެއް ކުންފުނި ކަމަށްވާ އެމްބްރެއާ މަތިންދާ ބޯޓް ރާއްޖޭގެ މަތީންދާ ބޯޓް އޮޕަރޭޓުންނަށް ތައާރަފު ކުރަން ޓްއާއެއް ބާއްވައިފި އެވެ.

އެމްބްރެއާ އެއާ ކްރާފްޓެއެއް ރާއްޖެއަށް ދަތުރު ކޮށްފައި ވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ އިނަ މޯލްޑިވްސްގެ އެޖެންޓް ކަމުގަ އެވެ. މި ދަތުރުގެ ބޭނުމަކީ އެ ކުންފުނިން ބަންނަ ނުވަތަ އުފައްދާ މަތިންދާ ބޯޓުތައް ރާއްޖެއަށް ތައާރަފުކޮށް ދިވެހި ކުންފުނިތަކަށް މާކެޓް ކުރުމެވެ. އެމްބްރެއާ އިން ބަންނަ މަތިންދާ ބޯޓްތަކުގެ ކުރީކޮޅު އޮންނަނ މިއަރެއްގެ ބޯކޮޅުގެ ސިފައިގަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އިއްޔެ ބޭއްވި ޓްއާގައި ރާއްޖޭގައި ވައިގެ ދަތުރުފަތުގެ ހިދުމަތް ދޭ ހަތަރު ކުންފުނި ކަމަށްވާ މޯލްޑިވިއަން އާއި މަންތާ އެއާ އަދި ފްލައިމީ އާއި ޓީއެމްއޭ އިން ބައިވެރިވެފައިވެ އެވެ.

އެމްބްރެއާ އެއާ އިން ވަނީ ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ހަތަރު ކުންފުނީގެ އޮފިޝަލުންނާއެކު އިއްޔެ އެއް ގަޑިއިރުގެ ޑެމޮސްޓްރޭޝަން ޓްއާއެއް ދީފަ އެވެ. މި ޓުއާގައި އެ މަރުކާގެ މަތިންދާ ބޯޓު ފަހަރުން ކަސްޓަމަރުންނަށް ލިބޭނެ ލުއިތަކާއި އެއާކްރާފްޓުގައި ހުރި މުހިންމު ފީޗާތައް ވެސް ދައްކާލާފައިވެ އެވެ.

އެމްބްރެއާ އެއާއިން މި ދަތުރުގައި ބޭނުންކޮށްފައިވަނީ ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެމްބްރެއާ ޝާކް- އީ190 އެސް ޓޫ މަރުކާގެ މަތިންދާ ބޯޓެކެވެ.

މި ބޯޓު ގިނަ ބައެއްގެ މެދުގައި މަގުބޫލުވެފައިވަނީ ހިނި އައިސްފައި އޮންނަ މިޔަރެއްގެ ގޮތުގަ އެވެ. އެ ބައްޓަމަށް ބޯޓުގެ ކުރީކޮޅު ހަދާފައި އޮންނާތީ މިޔަރު މަތީނދާ ބޯޓްގެ ގޮތުގައި ސިފަ ކުރެ އެވެ. މި މަރުކާގެ ބޯޓު ފުރަތަމަ ދައްކާލާފައިވަނީ މިދިޔަ އަހަރު އިނގިރޭސިވިލާތުގައި ބޭއްވި އެއާ ޝޯއެއްގަ އެވެ.

ދުނިޔޭގެ އެމްބްރެއާ މަރުކާގެ މަތިންދާ ބޯޓެއް

ބްރެޒިލްގެ އެމްބްރެއާ ކުންފުނި މަޝްހޫރު ވެފައިވަނީ ކުދި ކޮމާޝަން މަތިން ދާ ބޯޓުތައް ވިއްކާ ކުންފުންޏެއްގެ ގޮތުގަ އެވެ. މި ކުންފުނީގެ މަތިންދާ ބޯޓުތައް ދުނިޔޭގެ 70 ގައުމެއްގައި ބޭނުން ކުރެ އެވެ. ނަމަވެސް ރާއްޖޭގައި މިހާތަނަށް މި ބްރޭންޑުގެ އެއާ ކްރާފްޓެއް ބޭނުމެއް ނުކުރެ އެވެ. ރާއްޖޭގައި ބޭނުން ކުރަނީ އޭޓީއާރު އާއި ޓުއިންއޮޓާ އަދި އެއާބަސްގެ އިތުރުން ޑޭޝް އަށެއް މަރުކާގެ މަތިންދާ ބޯޓު ފަހަރެވެ.