ހަބަރު

ރާއްޖޭގައި ކާޑުގެ އަގު އެއްހަމައަކަށް ގެނެސްފި

Apr 1, 2019
2
ލޮރީއަކުން ހަކުރު ބަސްތާތަކެއް ބާލަނީ - އަވަސް ފޮޓޯ: އަހުމަދު ޝުރާއު
0%
0%
0%

ރާއްޖޭގެ ހުރިހާ ރަށެއްގައި ކާޑުގެ ބާވަތްތައް، މާލެއާ އެއް އަގެއްގައި ލިބޭނޭ ގޮތް ހަދައިދޭންވި ވައުދު މި ސަރުކާރުން ފުއްދައިފި އެވެ.

އެކަން އިއުލާނު ކުރައްވަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެސްޓީއޯ އިން ފޯރުކޮށްދޭ ހަނޑުލާއި ހަކުރު އަދި ފުށް މާލޭން ލިބެން ހުންނަ އަގުގައި، ރާއްޖޭގެ ހުރިހާ ރަށަކުން ވެސް މިއަދުން ފެށިގެން ލިބެން ހުންނާނެ ކަމަށެވެ.

އެސްޓީއޯގެ މުވައްޒަފަކު ކާޑް ބަސްތާއެއް ދޯންޏަކަށް އަރުވައިދޭން އެހީ ވެދެނީ: ކާޑުގެ އަގުތައް މިހާރު ވަނީ އެއް ހަމައަކަށް ގެނެސްފައި -- ފޮޓޯ: އެސްޓީއޯ

އަދި އެކަން އެގޮތަށް ހަމަޖައްސައި ދިނުމުގައި، އެސްޓީއޯ އިން ކޮށްދިން މަސައްކަތަށް ރައީސް ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.

މިއަދުން ފެށިގެން ކާޑުގެ ބާވަތްތަކަށް އެސްޓީއޯ އިން ގެނައި ބަދަލުގެ ސަބަބުން، ހަނޑޫ ކިލޯއެއް 4.80 ރުފިޔާ، ހަކުރު ކިލޯއެއް 4.82 ރުފިޔާ އަދި ފުށް ކިލޯއެއް 3.80 ރުފިޔާއަށް ލިބޭނެ އެވެ.

އެސްޓީއޯ އިން އިތުރަށް ބުނި ގޮތުގައި، އެ ކުންފުނީގެ އޭޖެންޓުން ހަމަޖެހި، ސަޕްލައި ކުރެވިފައިވާ ރަށްރަށުގައި މި އަގުތަކުގައި މިއަދުން ފެށިގެން ކާދު ގަންނަން ލިބޭނެ ކަމަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345