އއ. މަތިވެރި ގެސްޓްހައުސް ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އަތުލައިގެންފި އެވެ.
ފުލުހުން ބުނީ ރޭ މަތިވެރި ގެސްޓްހައުސްއެއްގައި ރަލުގެ ވިޔަފާރި ކުރަމުންދާ ކަމަށް މައުލޫމާތު ލިބިގެން ގޮސް އެ ގެސްޓް ހައުސް ބަލައި ފާސް ކޮށްފައިވާ ކަމަށެވެ.
އެ ގެސްޓްހައުސް ބަލައި ފާސްކުރި އިރު އެތަނުން 70 އަށް ވުރެ ގިނަ ފުޅި ބަނގުރާ ފެނުނެވެ. އަދި ރާ ހުސްކޮށްފައި ހުރި ގިނަ އަދަދެއްގެ ފުޅި ވެސް ފެނުނު އިރު ދެ މީހަކު ހައްޔަރުކޮށްފައި ވެއެވެ.