ހަބަރު

އޮންދިގޯއަށް ވަން ވަގުން އެލާމް އެޅުމުން ފިލައިފި

Apr 2, 2019
2
ފިހާރައަށް ވަން މީހުންގެ ތެރެއިން ދެމީހުން ރޭ ދަންވަރު ފިހާރައަށް ވަ ންނަން ދަނީ --
0%
0%
0%

ބަނދަރުމަތީގައި ހުންނަ "އޮންދިގޯ" މައި ފިހާރައި ދޮރު ހަލާކު ކޮށްލައިގެން ވަދެ ފިހާރައިން ވައްކަން އުޅެނިކޮށް ސެކިއުރިޓީ އެލާާމު އެޅުމުން ދެ ފޯނު ހިފައިގެން ފިލައިފި އެވެ.

ބަނދަރު މަތިން ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް ހުންނަ އެ ފިހާރައަށް ރޭ މެންދަމު ވަގުން ވަދެފައި ވަނީ 3:00 ޖަހާ އެހާ ކަންހާއިރު އެވެ. އޮންދިގޯއިން އާންމު ކޮށްފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި އަންހެނަކާއެެކު ހަތަރު މީހަކު ދެ ސަައިކަލެއްގައި ގޮސް އޭގެ ތެރެއިން ދެ މީހަކު ވެގެން ދޮރު މަތާލައި ތަޅުތައް ހަލާކު ކޮށްލައިގެން ވަދެ އެވެ. އަން މީހާ ހުރީ މޫނު ނިވާ ކޮށްގެނެވެ. އޭނާ ހުރީ ފިހާރައިގެ ބޭރުގަ އެވެ.

އެތެރެއަށް ވަން ދެމުން ކައުންޓަރުގެ އެއް ވަތްގަނޑު ހުޅުވައި ދެ ފޯނު ނަގައިގެން އިތުރު ވަތްގަނޑުތައް ހުޅުވަން ދަނިކޮށް ފިހާރައިގެ ސެކިއުރިޓީ އެލާމް އަޅަން ފެށުމުން ދެ މީހުން އެކުގައި ސިއްސައިގެން ދިއުމަށްފަހު ދުއްވައި ގަތުމުން ބޭރުގައި ތިބި މީހުން ވެސް ފިލައިގެން ދިޔައީ އެވެ.

ދޮރު ހުޅުވާލާފައި ހުރި ފިހާރައަށް އެ ފިހާރައިގެ ވެރި ފަރާތުގެ މުވައްޒަފުން އަންނަންދެން ބެލެހެއްޓީ އެ ސަރަހައްދަށް ދިޔަ ފުލުހެކެވެ.

އެ ފިހާރައިގެ އޮފިޝަލު ވިދާޅުވީ ވަގުން ވަން ނަމަވެސް އެއްވެސް ވަތްގަނޑެއްގައި ފައިސާއެއް ނުހުންނާނެ ކަމަށްއި އެއްވެސް އިރެއްގައި ފިހާރައިގައި ފައިސާ ނުބަހައްޓާ ކަމަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910