ވިޔަފާރި

ދިރާގާއި ސްޓާޓްއަޕް އިން އެންމެ ވަރުގަދަ ސްޓާޓްއަޕް ވޯކްޝޮޕް ބާއްވަނީ

Apr 6, 2019

ދިރާގާއި ސްޕާކްހަބް ގުޅިގެން ދުނިޔޭގެ އެންމެ ވަރުގަދަ ސްޓާޓްއަޕް ވޯކްޝޮޕް "ލީން ސްޓާޓްއަޕް މެޝިން" ރާއްޖެގައި ބާއްވަން ނިންމައިފި އެވެ.

ލީން ޓެކްނޮލޮޖީއަކީ އެޕްލިކޭޝަންތަކާއި ކަސްޓަމަރުން ގުޅޭ ބިޒްނަސް މޮޑެލްތައް ކިޔަވައިދޭ ވޯކްޝޮޕް އެވެ. ލީން ސްޓާޓްއަޕް މެޝިން ވޯކްޝޮޕްތައް އަބަދު ވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރިއަށްދެ އެވެ. އެގޮތުން މިހާރު ވެސް މި ވޯކްޝޮޕް ދުނިޔޭގެ އެކި ހިސާބުތަކުގެ 50 ސިޓީގައި ކުރިއަށްދެ އެވެ. މި ވޯކްޝޮޕް ރާއްޖޭގައި ތިން ދުވަހަށް ކުރި އަށް ދާނެ އެވެ.

ދިރާގާއި ސްޕާކްހަބް ހުޅިގެން ލީން ސްޓާޓްއަޕް މެޝިން ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 19 އިން 21 އަށެވެ. ދިރާގާއި ގުޅިގެން މި އިވެންޓުގައި ބައިވެރިވާ ސްޕާކްހަބްއަކީ ދިވެހި ޒުވާން ޓީމެއް ހިމެނޭ ކުޅަދާނަ ކުންފުންޏެކެވެ.

ދިރާގާއި ސްޓާކްހަބް ގުޅިގެން ވަނީ ރާއްޖޭގެ ފުރަތަމަ އިންޓަނޭޝަނަލް ހެކަތޯން ވެސް ބާއްވާފަ އެވެ. މީގެ އިތުރުން ދިރާގުން ސްޓާޓް އަޕް ގްރައިންޑުގެ ދެ އިވެންޓެއް ވެސް ވަނީ ބާއްވާފަ އެވެ.

ދިރާގާއި ސްޕާކްހަބް އިން އެންމެ ފަހުން ކުރިއަށް ގެންދިޔަ "ސްޓާޓް އަޕް ގްރައިންޑް އެކްސް މާލެ" ގައި މައުލޫމާތު ދީފައި ވަނީ މެލޭސިޔާގެ ކުންފުންޏެއް ކަމަށްވާ މައިބަންޕް މެލޭޝިއާ ކުންފުނީގެ ކޯފައުންޑަރު އަދި ސީއީއޯ ދަނީސް އާތިފެވެ. މި ކުންފުންޏަކީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ތަފާތު ވަސީލަތްތައް މެދުވެރިކޮށް ކާމިޔާބު ކަމާއެކު މާކެޓިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކުންފުންޏެވެ. އެގޮތުން ރާއްޖޭގެ މަޓާޓޯ އާއި ގުޅިގެން މެލޭޝިއާގައި ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ހަރަކާތެއް ވެސް އެ ކުންފުނިން ކުރިއަށް ގެންގޮސްފައިވެ އެވެ.